ހަބަރު

އެލްޖީއޭގެ ބޯޑަށް ހޯމް މިނިސްޓަރު ޒުހޫރު އައްޔަން ކޮށްފި

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު އައްޔަންކުރަންވާވާނެ ކަމަށެވެ. ޒުހޫރާއެކު އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޖުމްލަ ނުވަ މެމްބަރުންނެވެ.

މިފަހުން އެލްޖީއޭގައި ހުންނެވީ، ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެހެން ނަމަވެސް އެމަނިކުފާނު މިފަހުން ވަނީ އިސްތިއުފާ ދެއްވަިއފަ އެވެ. އެލްޖީއޭގައި ދެން ތިއްބަވަނީ ކޮންމެ ސިޓީ ކައުންސިލަކުން މެންބަރަކާއި އަތޮޅު ކައުންސިލްތަކުން އެ ބޯޑަށް އިންތިހާބު ކުރެވޭ މެންބަރުންނެވެ.