ބޮލީވުޑް

ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޝަން މަންޒަރު "ޑިޝޫމް" ގައި

Jul 1, 2016
1

މިމަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ "ޑީޝޫމް" އަކީ ޖޯން އަބްރަހަމް އާއި ވަރުން ދަވަން ލީޑްރޯލުން ފެނިގެންދާ އެކްޝަން އެޑެވެންޗާ ފިލްމެކެވެ.

ވަރުންގެ ބޭބެ ރޯލިތު ދަވަންގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭކަން ފިލްމުގެ ޓްރެއިލާ ބަލާލުމުން ވެސް އެނގެ އެވެ. ފިލްމުގެ ޓްރެއިލާއިން އެންމެ ގިނަބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ ވަރުން އާއި ޖޯން ބަޔަކު ފަހައި ހެލިކޮޕްޓަރެއްގައި ދާ މަންޒަރެވެ.

"ޑިޝޫމް" ގެ ޓްރެއިލާ:

އާންމުކޮށް އެކްޝަން ފިލްމުތަކުގައި ހެލިކޮޕްޓަރުތައް ހިމަނައިގެން މަންޒަރުތައް ނެގުމަކީ އާންމުކަމެއް ނަމަވެސް އެފަދަ މަންޒަރުތަކަކީ ވަރަށް ކުރު މަންޒަރުތަކެވެ. ސަބަބެއް ކަމަށް ވަނީ ހެލިކޮޕްޓަރު ހިމަނައިގެން ނަގާ މަންޒަރުތައް އަގުބޮޑުވުމެވެ. ނަމަވެސް މިފިލްމުގައި ހެލިކޮޕްޓަރެއްގައި ނެގި މަންޒަރު މިވަނީ މިހާތަނަށް ހިންދީ ފިލްމެއްގައި ހިމެނޭ އެންމެ އަގުބޮޑު އެކްޝަން މަންޒަރަށް ވެގެން ގޮސްފަ އެވެ.

މިމަންޒަރު ނެގުމަށް 3 ކްރޯޑް (300 މިލިއަން) ރުޕީޒް ހޭދަވެފައިވާއިރު، މިމަންޒަރު ދިގުމިނަކީ 12 ވަރަށް މިނިޓް ކަމަށްވެ އެވެ. އެއާއެކު މިމްނަޒަރުވެގން ގޮސްފައި މިވަނީ ހަމައެކަނި އެންމެ އަގުބޮޑު އެކްޝަން މަންޒަރަަށް ނޫނެވެ. މިއީ މިހާތަނަށް ބޮލީވުޑްގެ ފިލްމެއްގައި ހެލިކޮޕްޓަރެއްގައި ބަޔަކު އަތުލަން ފަހަތުން ދާ މަންޒަރެއް އެންމެ ގިނައިރެއްގައި ޝޫޓްކޮށްފައިވާ މަންޒަރުވެސް މެ އެވެ.

ހެލިކޮޕްޓަރުގައި ނަގާފައިވާ ފިލްމުގެ މަންޒަރުތަކެއް:

ބުނެވޭ ގޮތުގައި މިފިލްމުގެ މިމަންޒަރުގެ އަގު އެހާ ބޮޑުވެގެން ގޮސްފައިވަނީ މޮރޮކޯގައި މިމަންޒަރު ނަގާފައިވާތީ އެވެ. މިމަންޒަރު ނެގުމަށް ވަނީ އިންޓަނޭޝަނަލް ޓްރެއިންޑް ފައިޓަރުންނާއި އާޓިސްޓުން ބޭނުންކޮށްފަ އެވެ.

"ޑިޝޫމް" އަކީ އިންޑިއާގެ އެންމެ މޮޅު އެއް ބެސްޓްމަން، ވިރާޖް ސެމީ ފައިނަލް މެޗެއްގެ 36 ގަޑިއިރު ކުރިން ވަގަށް ނެގުމުން އޭނާ ހޯދުމަށް އެމިރޭޓްސްގައި ހުންނަ ޕޮލިސް އޮފިސަރަކާއި އިންޑިއާގެ ސްޕެޝަލް ފޯސްގެ އޮފިސަރެއް ކުރާ މަސައްކަތެވެ.

ޖެކުއަލީން ފާނެންޑޭޒް ބަތަލާގެ ރޯލުން ފެނިގެންދާ މިފިލްމުގެ މުހިންމު ރޯލަކުން އަކްޝޭ ކަންނާ ވެސް ފެނިގެންދެ އެވެ.