ބޮލީވުޑް

"ނޫރް" ގައި ސޮނާކްޝީގެ ލޯބިވެރިޔާގެ ރޯލުން ޕޫރަބް ކޮލީ

Jul 1, 2016

އެކްޓަރު ޕޫރަން ކޮލީ އެންމެފަހުން ފެނިގެންގޮސްފައިވަނީ މިއަހަރުގެ ކުރީކޮޅު ނިކުތް، އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންގޮސްފައިވާ "އެއާލިފްޓް" އިންނެވެ.

ތަލާ ސޮނާކްޝީ ސިންހާ ނޫސްވެރިއެއްގެ ރޯލުން ފެނިގެންްދާ "ނޫރް" ގައި އޭނާގެ ލޯބިވެރިޔާގެ ރޯލުން ޕޫރާބް ފެނިގެންދާނެ ކަމަށްވެ އެވެ.

ޕޫރަބްގެ ގާތްފަރާތަކުން ވަނީ މިފިލްމުގައި އޭނާ ފެނިގެންދާނީ ޒުވާން ވިޔަފާރިވެރިއެއްގެ ގޮތުގައި ކަމަށާއި އަދި އޭނާއަކީ ސޮނާކްޝީގެ މިފިލްމުގައި ލޯބީގެ ގޮތުން ގުޅޭ އެކަކު ކަމަށްވެސް ބުނެފަ އެވެ. އަދި މިރޯލު ކުޅުމަށް ޕޫރަބް ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާގެ އެކުވެރިޔާ ވަނީ ބުނެފަ އެވެ.

މިފިލްމަކީ ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ސަބާ އިމްތިއާޒް 2014 ވަނަ އަހަރު ލިޔެފައިވާ ކޮމެޑީ ތްރިލާ ވާހަކަ، "ކަރާޗީ، ޔޫއާ ކިލިން މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މިވާހަކައަކީ ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ 20 އަހަރުގެ އައިޝާ ޚާން ކިޔާ ނޫސްވެރިއެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކާއި ރަނގަޅު ލޯބިވެރިޔަކު ހޯދުމަށް އޭނާ ކުރާ މަސައްކަތެވެ.

ސުނިލް ސިއްޕީ ޑައިރެކްޓްކުރާ މިފިލްމުގެ ޝޫޓިން މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބައިގަ އެެވެ.

މިފަހުން ޕޫރަބް ވަނީ "ރޮކް އޮން 2" ގެ ޝޫޓިން ނިންމާލާފަ އެވެ. އަދި އޭނާ މިހާރު އަންނަނީ "ހޯމްލޭންޑް" ގެ އަސްލަކަށް ބަަލައިގެން އުފައްދާ ޑައިރެކްޓަރު ނިކިލް އަދްވާނީގެ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ.