ރާއްޖެ ކުޅިވަރު

ބީޖީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

Jul 4, 2016

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ބީޖީ 2-1އިން ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ފުރަތަމަ ބުރުގައި ކުޅެންޖެހޭ ހުރިހާ މެޗެއް ރޭ ނިމުނުއިރު ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މިއީ އެއްވަނާގައިވާ މާޒިޔާ އަށްވުރެ އެއް ޕޮއިންޓް މަދު އަދަދެކެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހައިދިނީ ކުރިން ޓީސީ އާއި ނިއު ރޭޑިއަންޓަށް ކުޅުނު ބްރެޒިލްގެ ރަފޭލް ބެޓިމް މާޓެވެ. ބީޖީގެ ހަމައެކަނި ލަނޑު ޖެހީ ކިންގްސްލީ އެވެ.

ލީގުގައި މިރޭ ކުޅޭނީ ވިކްޓަރީ އާއި ވެލެންސިއާ އެވެ. ވިކްޓަރީ އޮތީ ހަތް ވަނާގަ އެވެ. ވެލެންސިއާ ފަސް ވަނާގަ އެވެ.