ހަބަރު

އިންސާނީ ވަގުފާރި މައްސަލައެއްގައި މަޖިލީހުގެ އިދާރީ މުވައްޒަފަކު ހައްޔަރުކޮށްފި

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންސާނީ ވަގުފާރި މައްސަލައެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލެއިން 49 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އިންސާނީ ވަގުފާރީގެ މައްސަލަތައް ވަރަށް ބޮޑަށް މަދު ގައުމެކެވެ. އިންސާނީ ވަގުފާރި އަކީ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން އަކީ ގަވާއިދާ ހިލާފަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންގޮސް، ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވުމެވެ.

އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ ގާނޫނުގައި ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ. އިންސާނީ ވަގުފާރީގެ އަމަލެއް ކޮށްފި މީހަކު 10 އަހަރަށް ނުވަތަ 15 އަހަރަށް ޖަލަށްލެވޭނެ އެވެ.