ރައީސް އަބްދުﷲ ޔާމީން

ރައީސް އީދު ސަލާމް ކުރެއްވުން އިސްލާމީ މަރުކަޒުގައި

Jul 4, 2016
1

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފިތުރު އީދު ސަލާން ކުރެއްވުން މިއަހަރު ވެސް ބޭއްވުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއާ އީދު ސަލާން ކުރެއްވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުގެ ހެނދުނު 8:30 އިން 9:30 އަށް އިސްލާމީ މަރުކަޒުގައި ކަމަށާއި އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބޭރުގެ ޢިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދަޢުވަތު އަރުވާ ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ޢާއިލާތަކާއެކު ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށާއި، ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެދިވަޑައިގަންނާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.