ރާއްޖެ ކުޅިވަރު

މާޒިޔާ އަށް ކުޅުނު މެސެޑޯނިއާ ފޯވަޑް އީގަލްސް އަށް

މާޒިޔާ އަށް ކުޅުނު މެސެޑޯނިއާ ފޯވަޑް ރިސްޓޭ ނައުމޯވް ކުލަބު އީގަލްސްއާ ގުޅިއްޖެ އެވެ.

އުމުރުން މިހާރު 35 އަހަރުގެ ފޯވަޑް އީގަލްސްއަށް ކުޅެން އިއްޔެ ރާއްޖެ އައީ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުމަށްފަހު މިދިޔަ އަހަރު މިޔަންމާގެ އަޔެޔަވާދީ އަށް ކުޅުމަށްފަހު އެވެ.

މިޔަންމާގެ ގައުމީ ޓީމަށް ވެސް ކުޅުނު ރިސްޓޭ އީގަލްސް އަށް ގެނައީ އެކުލަބުގެ ފޯވަޑް ލައިން ބަލިކަށިވުމުންނެވެ. ކޯޗު އިހުސާން އަބުދުލްގަނީ މިހާތަނަށް ބުނަމުން އައީ އީގަލްސް އަށް ކުރިއަށްދެވޭނީ އިތުބާރައެކު ގޯލު ޖަހާނެ ކުޅުންތެރިއަކު ހުރެގެން ކަމަށެވެ.

ރިސްޓޭ ވަނީ މާޒިޔާ އަށް ކުޅުނު ސީޒަނުގައި ވެސް ނުވަ މެޗުން ހަތް ގޯލު ޖަހާފަ އެވެ. އޭގެ ފަހުން އަޔަޔެވާދީ އަށް ކުޅުނު 14 މެޗުގައި 14 ގޯލު އޭނާ ޖަހާފައިވަ އެވެ.

ކުލަބު އީގަލްސް މިވަގުތު އޮތީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ މާޒިޔާ އަށްވުރެ އެއް ޕޮއިންޓް މަދުވުމުންނެވެ.