ރާއްޖެ ޓީވީ

އަކުރަމް ރާއްޖެ ޓީވީގެ ހިއްސާ ދޫކޮށްލައްވައިފި

Jul 9, 2016
10

"ރާއްޖެޓީވީ" ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކްރަމް ކަމާލުއްދީން އެ މަގާމުން އިސްތިއުފާ ދެއްވާ ރާއްޖެ ޓީވީ ހިންގާ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލައްވައިފި އެވެ.

ރާއްޖެ ޓީވީގެ ނިއުސް ވެބްސައިޓް "ރާއްޖެ އެމްވީ" ގައި ބުނެފައި ވަނީ ރާއްޖެޓީވީގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވިކަން އަކުރަމް އަންގާފައިވާ ކަމަށާއި މާގާމުގެ އިސްތިއުފާއާއެކު ރާއްޖެ ޓީވީގައި އޮތް އޭނާގެ ހިއްސާ ވެސް ދޫކޮށްލައްވާފައިވާ ކަމަށެވެ.

އަކުރަމް އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ އަމިއްލައަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގަ އެވެ. އަދި އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ މީޑިއާ ސެކްރެޓަރީ ކަމަށް ހަމަޖައްސާފަ އެވެ. އޭނާއަކީ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ވެސް މެއެވެ.

އަކުރަމް ރާއްޖެ ޓީވީ ދޫކޮށްލި ކަމަށް ރާއްޖެ ޓީވީ އާއި އަކުރަމް ޔަގީންކޮށްދިން އިރު ދާދި ފަހުން ހުއްޓާލި ސީއެންއެމް ނޫސް ހުއްޓާލުމުގެ ތިން މަހެއްހާ ދުވަސް ކުރިން އެ ނޫޙުގެ ޗެއާމަން ކަމުން މުހައްމަދު އަލީ ޖަނާހު ވެސް އިސްތިއުފާ ދެއްވާ ހިއްސާ ދޫކޮށްލެއްވި ކަމަށް އިއުލާން ކުރެއްވި އެވެ. ނަމަވެސް މިދިއަ މަހު ނޫސް ހުއްޓާލި އިރު ބުނެފައި ވަނީ ހުއްޓާލުމާ ހަމައަށް ވެސް ހުންނެވީ ޖަނާހު ކަމަށެވެ.