ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާއަށް ސިޔާސީ މަގާމެއް

Jan 19, 2022
5

ރާއްޖެ ޓީވީގެ ކުރީގެ ވީޑިއޯ ޖާނަލިސްޓް، ތަހާރަތު މުހައްމަދު ވަހީދަށް ސިޔާސީ މަގާމެއް ދީފި އެވެ.

ސަރުކާރުން ތަހާރަތު އައްޔަނު ކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާއަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 25،000 ރުފިޔާ ލިބެ އެވެ.

ތަހާރަތު ރާއްޖެ ޓީވީން ވަކިކުރީ އޭސީސީގެ މެމްބަރުންތަކަކާ ބައްދަލު ކުރި މައްސަލައެއްގަ އެެވެ. އޭގެ ފަހުން އޭނާ ދިޔައީ އަމިއްލަ ނޫހެއް ވެސް ނެރެމުންނެވެ.

މީގެ ކުރިން ވެސް ރާއްޖެ ޓީވީގައި މަސައްކަތް ކުރި ނޫސްވެރިންނަށް ސަރުކާރާއި އެހެން އިދާރާތަކުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމާއި އެހެން ސިޔާސީ މަގާމުތައް ދީފައި ވެއެވެ.