ޔޫރޯ 2016

ޔޫރޯގެ ޗެމްޕިއަނުންނަށް ތަށި ހަވާލުކޮށް ދޭނީ ޒަވީ

Jul 10, 2016

ފްރާންސާއި ޕޯޗްގަލް ބައްދަލު ކުރާ ޔޫރޯ 2016 ގެ ފައިނަލް މެޗްގައި ޗެމްޕިއަންކަން ހޯދާ ޓީމަށް ތަށި ހަވާލުކޮށް ދޭނީ ސްޕެއިންގެ ފުޓްބޯޅައިގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ކަމަށް ޔޫރަޕްގެ ފުޓްބޯޅާއިގެ އިދާރާ ޔޫއެފާއިން ކަނޑައަޅައިފި އެވެ.

ޒަވީއަކީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2012 ވަނަ އހަރުގެ ޔޫރޯ ސްޕެއިންއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ.

މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓައިލައިފައިވާ ޒަވީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ވެސް ސްޕެއިން އަށް ކާމިޔަބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޒަވީއަކީ ސްޕެއިންގެ ފުޓްބޯޅައިގެ ހަޔާތުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި އިޓާލީ އަތުން ބަލިވުމުންނެވެ. ސްޕެއިން ވަނީ ޔޫރޯ ތިން ފަހަރަށް ކާމިޔާބުކޮށް ޖަރުމަނާއެކު ޔޫރޯގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ހިމެނިފައެވެ.

މިރޭގެ މެޗް ފްރާންސް ކާމިޔާބު ކޮށްފިނަމަ އެޓީމަށް ސްޕެއިންއާ ޖަރުމަނާ އަރާ ހަމަ ކުރެވޭނެއެވެ. މިހާތަނަށް ފްރާންސް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރަތް ދެ ދަހަރު ކާމިޔަބުކޮށްފައެވެ.