ވިޔަފާރި

އީވޯ ހޯމްގެ ބަދަލު: ހުވަފެނީ ގެއެއްގެ ކުލަތަކާއި ސްޓައިލް ދައްކާލައިފި!

ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ އެންމެ ފަހުގެ ފެންވަރު ހުރި ފަރުނީޗަރު ރާއްޖެއަށް ގެނެސް، ރާއްޖޭގެ ބަދިގެތައް "ސްމާޓް" ކޮށްލުމުގައި ކާމިޔާބު ހޯދި "އީވޯ ހޯމް އަކީ" އަކީ ރާއްޖޭގައި ހުރި އެންމެ ޒީނަތްތެރި ހޯމް ފަރުނީޗަރު ވިއްކާ އެއް ފިހާރައަށް ވާނެ އެވެ. ޖަރުމަނުގެ މަގުބޫލު ބްރޭންޑްތަކެއްގެ ފަރުނީޗަރުތަކާއެކު އީވޯ ހޯމް ވުޖޫދަށް އައީ މީގެ ތިން އަހަރު ކުރިންނެވެ.

މަޖީދީ މަގުގައި ހުންނަ އީވޯ ހޯމްގެ ޝޯރޯމް އަށް ވަދެލެވުމާއެކު މިހާރު މީހާ މުޅިން އެހެން މާހައުލަކަށް ގެންދާނެ އެވެ. އެތަނުގެ އެންމެ ފުރިހަމަ އެއް ސިފައަކީ ކަސްޓަމަރުންނަށް ދައްކާލުމަށް ފަރުނީޗަރުތައް އަތުރާލާފައިވާ ފުރިހަމަ ކަމެވެ. ފިހާރައަށް ވަދެލާ މީހަކަށް ކުރެވޭނީ އަގު ބޮޑު ޒީނަތްތެރި ގެއަކަށް ވަދެވިގެން އުޅޭ ކަމުގެ އިހުސާސެކެވެ. ހާއްސަކޮށް ރީތި ފުރިހަމަ ބެދިގެތަކަށް ލޯބިކުރާ އަންހެނުންނަށް އީވޯ ހޯމް ވަރެއް ނެތެވެ.

ތިން އަހަރު ފަހުން އީވޯ ހޯމް މިވަނީ އަނެއްކާވެސް އާ ކުލަތާއި އާ ސްޓައިލްތަކަކާއެކު އަލުން އާ ތަރުތީބަކަށް ބަދަލުކޮށްފައެވެ. މިފަހަރު ކުރިއަށްވުރެ ވެސް މާ ފުރިހަމައެވެ. ޖަރުމަނުގެ މަގުބޫލު "ނޮލްޓޭ ކިޗެން" ގެ އެންމެ ފަހުގެ ބަދިގެ ސެޓްތަކާއި ފަރުނީޗަރުތަކުން ޝޯރޫމް ވަނީ ހައިރާންވާހާ ފުރިހަމަކޮށްލާފަ އެވެ. ސިޓިން ރޫމާއި ކޮޓަރިތަކަށް ހާއްސަ ޖަރުމަނުގެ ނައު ބައި އާއި ހުލްސްޓާ އާއި ސިއެޝްމަލް އާއި އެކްސްޕްރެސް މޮބެލް އަދި އާޓީ-އެމް ގެ އެންމެ ފަހުގެ ބެޑްރޫމް ސެޓްތައް ތަރުތީބުކޮށް އަތުރާލާފައިވެއެވެ. މި ފަރުނީޗަރުތަކަކީ ކަސްޓަމަރުންނަށް ޕްރީ އޯޑާކޮށް އީވޯ ހޯމުން ގަންނަން ލިބޭނެ ފަރުނީޗަރުތަކެވެ.

އީވޯ ހޯމަށް ގެނައި އާ ބަދަލާ ބެހޭގޮތުން ސޭލްސް އެންޑް މާކެޓިން މެނޭޖާ ރިޒްމާ ރަޝީދު ވިދާޅުވީ، އީވޯ ހޯމުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ސިޓިން ރޫމްތަކާއި ބަދިގެތަކަށް ޒަމާނީ ފަސޭހައާއި ކުލަތަކާއި ސްޓައިލްތައް ގެނައުމަށެވެ. ކޮންމެ އަހަރަކުވެސް އެ ކުންފުނިން އެކްސްކްލޫސިވްކޮށް ފަރުނީޗަރު އެތެރެކުރާ ކުންފުނިތަކުން އުފައްދާ އާ އުފެއްދުންތައް ތައާރަފްކުރި ނަމަވެސް މިފަހަރު އީވޯ ޝޯރޫމަށް ގެނެސްފައިވަނީ މީގެ ކުރިން ނުގެންނަ ފަދަ ބޮޑު ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަލުން ރިނޮވޭޓްކޮށް އަޅުގަނޑުމެން އީވޯ ހޯމް މި ދައްކާލަނީ ވަރަށް ތަފާތު އާ ޑިޒައިން ތަކާއި ސްޓައިލްތަކާއި ކުލަތަކާ އެކު. ކުރިން ނުފެންނަ ކުލަތައްވެސް އީވޯ ބަދިގެތަކުން މިހާރު ފެންނާނެ، ޔެލޯ އެބަ ހިމެނޭ، މިހެންގޮސް ވަރަށް ރީތި ޝޭޑް ތަކެއް އެބަ ހިމެނޭ،" ރިޒްމާ ވިދާޅުވި އެވެ.

ރިޒްމާ ވިދާޅުވީ އީވޯ ހޯމުން ބަދިގެތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގައި ކުދި ޖާގަތައް ވެސް ޒަމާނީ ފެންވަރަށް ޒީނަތްތެރި ކޮށްލެވިދާނެކަން ކަސްޓަމަރުންނަށް އަންގަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"މިހުންނަނީ މާލޭގައި އުޅޭ މީހުންނަށް ވަރަށް ކަމުދާނެ ބަދިގެތަކެއް، ޖާގަ ވީހާވެސް ތަނަވަސްކޮށް ހުރިހާ މަސައްކަތެއް ފަސޭހައިން ކޮށްލެވޭނެ ވަރަށް ރީތި ސްމާޓް ފަރުނީޗަރުތަކެއް މި ކިޗެންތަކުން ފެނިގެން ދާނެ،" ރިޒްމާ ވިދާޅުވި އެވެ.

އީވޯ ހޯމް މުޅިން އާ ސްޓައިލްތަކަކާއެކު ރޭ ހުޅުވާލާފައިވާއިރު އީވޯގެ ފަރުނީޗަރުތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް އުފާވެރި ހަބަރެއް އެބައޮތެވެ.

އީވޯ އިން ގަންނަ ބަދިގެ ކައުންޓަރު ޓޮޕްތައް ބޭނުން ސައިޒަކަށް ކަސްޓަމައިޒް ކޮށްދިނުމުގެ ހިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އީވޯ އިން ވަނީ ފަށަން ނިންމާފަ އެވެ. ސްޕެއިންގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ "ކޮސެންޓިނޯ"ގެ ކިޗެން ސްޓޯން ކައުންޓާ ޓޮޕް ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރުމާއެކު "އީވޯ ސާފޭސަސް" އާންމުންނާ ބައްދަލު ކުރާނީ ސްޓޯން ކައުންޓާ ޓޮޕް ކަސްޓަމްކުރާނެ ފެކްޓްރީއަކާވެސް އެކު އެވެ. އެ ފެކްޓްރީ ގާއިމްކޮށްފައިވަނީ ހުޅުމާލޭގަ އެވެ. މި ހިދުމަތާއެކު އީވޯ ވެގެންދާނީ މިފަދަ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރާ ފުރަތަމަ ކުންފުންޏަށެވެ.

"ސާފޭސަސްއަކީ ސްޕެއިނުން އިމްޕޯޓްކޮށްގެން މި ގެންނަނީ ކޮސެންޓިނޯ ބްރޭންޑްގެ ކައުންޓާ ޓޮޕްތަކެއް. ގްރެނައިޓް، ސްޓޯން މިހެން ގޮސް އެކި ކޮލިޓީ އެބަ ހިމެނޭ. ތަފާތަކީ އެ ބޭފުޅަކު ބޭނުންވާ ސައިޒަކަށް އީވޯ ސާފޭސަސް ފެކްޓްރީއިން އެ އެއްޗިސް ކަޓް ކޮށްދޭނެ. މިއީ ރާއްޖެއަށް ވަރަށް އާ ހިދުމަތެއް. އެހެންވީމަ އަޅުގަނޑުމެން އުންމީދު މިކުރަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް،" ރިޒްމާ ވިދާޅުވި އެވެ.

އީވޯގެ ބްރޭންޑްތަކަށް ލޯބި ކުރާ ކަސްޓަމަރުންނަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. ބަދިގެތައް ސްމާޓްކޮށްލަން ރެޑީވާން ވީއެވެ. އީވޯ ހޯމް އޮތީ ތައްޔާރުގަ އެވެ.