ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯއަށް ދާތި! ކޮންމެ ރެއަކު ހިލޭ ކާށިތެޔޮ ޕެކެއް!

  • 30 ރިސޯޓެއްގައި މި އުފެއްދުން ބޭނުންކުރޭ
  • ދުނިޔޭގެ 12 ގައުމެއްގައި ވިއްކާ
  • ރާއްޖޭގައި އުފައްދާ ދިވެހި އުފެއްދުމެއް

މި "ކާށިތެލަކީ" އާދައިގެ އެއްޗެއް ނޫނެވެ. ރިސޯޓްތަކަށް އަންނަ މަހުޖަނުންގެ ގައިގައި ވެސް ވަށަނީ މި ތެލެވެ. އެތައް ސަތޭކަ ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ ސްކިން ކެއާ މި އުފެއްދުމުގެ ޕެކެއް ހިލޭ ލިބިދާނެ އެވެ. އެގޮތަކީ ކޮބައި ހެއްޔެވެ؟ އަންނަ މަހު އޮންނަ "ވެކޭޝަންސް އެކްސްޕޯ 2016" ގައި ކޮންމެ ރެއަކު މީގެ ޕެކެއް ހިލޭ ދެނީ އެވެ.

ވެކޭޝަންސް އެކްސްޕޯގައި އިނާމު ހުށަހަޅާފައިވާ "ކާށިތެޔޮ" އުފައްދާ ކުންފުނީގެ ޖެނެރަލް މެނޭޖަރު ރޭޝަން ޝަރީފު ވިދާޅުވީ ކާށި ތެޔޮ ގިފްޓް ޕެކްގައި ދިވެހި "ކާށިތެޔޮ" ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ އުފެއްދުންތަކެއް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ "މި ޕެކްގައި ކާށިތެޔޮގެ ގިނަ ބާވަތްތަކެއް ހިމެނޭ،" ކަމަށެވެ.

"ކާށިތެޔޮ" އަކީ އިންޓަނޭޝަނަލް ބްރޭންޑެއްގެ ގޮތުގައި އުފައްދައިގެން ވިއްކާ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. ލ. އަތޮޅުގައި ތައްޔާރުކުރާ މި އުފެއްދުން ދުނިޔޭގެ 12 ގައުމެއްގައި ވިއްކަ އެވެ. ރާއްޖޭގެ 30 ރިސޯޓެއްގައި ވެސް ވިއްކަ އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ދިވެހި ކުންފުންޏެއް ކަމަށްވާ "ހައިރައިޒް" އިން އިންތިޒާމުކޮށްގެން ބާއްވާ ފެއާ އެވެ. އަންނަ މަހުގެ 4 އިން 6 އަށް ނޭޝަނަލް އާޓްގެލަރީގައި އޮންނަ މި ފެއާ އަށް ގޮސްގެން ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބެ އެވެ. އޭގެތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރަށް ދަތުރު ކުރުމަށް ހިލޭ ޓިކެޓާއި ޗުއްޓީ ހޭދަ ކުރުމަށް ހާއްސަ ޕެކޭޖްތައް ހިމެނެ އެވެ.

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން ނިއުސް މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. އަދި މި ފެއާއަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމް އަދި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އަދި އެމްއެމްޕީއާރްސީން އެންޑޯސްކޮށްފައިވާ ފެއާ އެވެ.

ވެކޭޝަންސް އެކްސްޕޯގެ ޕާޓްނަރުންގެ ތެރޭގައި

  • - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • - ޓީވީ ޕާޓްނަރު ޕީއެސްއެމް
  • - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • - ޕްރައިޒް ޕާޓްނަރު މުސައްފިރީން