ވިޔަފާރި

އެމްއެމްޕީއާރުސީއިން ވެކޭޝަން އެކްސްޕޯ އެންޑޯޒް ކޮށްފި

Jun 8, 2017

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯޒްކޮށްފި އެވެ.

ވެކޭޝަން އެކްސްޕޯ ބާއްވާ، ހައިރައިސް އިން ބުނީ އަންނަ މަހުގެ 6-8 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯ ރަސްމީކޮށް އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފައިވާ ކަމަށެވެ.

މި އަހަރު ބާއްވާ ވެކޭޝަންސް އެކްސްޕޯ އަކީ މިގޮތަށް ބާއްވާ ދެވަނަ ފެއާ އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ދަތުރުރާވާ ހިންގާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ފެއާ އެކެވެ. މިދިޔަ އަހަރު ބޭއްވި ވެކޭޝަންސް އެކްސްޕޯއަށް 5،000 އަށްވުރެ ގިނަ މީހުން ގޮސްފައިވެއެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރި މީހުންނަށް ގިނަ އިނާމުތަކެއް ވެސް ހުށަހެޅި އެވެ.

ހައިރައިޒްއިން ދަނީ ވެކޭޝަންސް އެކްސްޕޯގެ އިތުރުން ގިނަ ފެެއާތަކެއް ވެސް ބާއްވަމުންނެވެ.