- ފެއާ ބާއްވަނީ އޮގަސްޓް 4-6 އަށް
- ކުރިޔަށްދާނީ ނޭޝަނަލް އާޓް ގެލަރީގައި
- ގިނަ ފުރުސަތުތަކެއް ފެއާއިން ލިބޭނެ
ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ 2016" ގެ އޮންލައިން ނިއުސް ޕާޓްނަރުކަން "އަވަސް" އޮންލައިން ހަމަޖައްސައިފި އެވެ.
"ހައިރައިޒް" އިން އިންތިޒާމުކޮށްގެން މި އަހަރުގެ އޮގަސްޓް މަހު ބާއްވާ މި ޓްރެވަލް ފެއާގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "އަވަސް" އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސެއިން އެވެ.
މި އަހަރުގެ އޮގަސްޓް 4-6 އަށް ނޭޝަނަލް އާޓްގެލަރީގައި ބާއްވާ މި ފެއާގެ މެއިން ސްޕޮންސަރަކީ އިނަ މޯލްޑިވްސް ހޮލިޑޭސް އެވެ.
ވެކޭޝަން އެކްސްޕޯގެ އެންޑޯސްމަންޓް ޕާޓްނަރުން
- މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
- ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
- ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ (އެމްއެންސީސީއައި)
"ވެކޭޝަން އެކްސްޕޯ" އަކީ ޗުއްޓީ ހޭދަކުރުމާއި ދަތުރުކުރުމަށް ބޭނުންވާ ގިނަ ފުރުސަތުތަކެއް އެއްތަނަކުން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ފެއާ އެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރު ކުރަން ބޭނުންވާ ފަރާތްކަށް ހާއްސަ ޕެކޭޖުތައް ވެސް ލިބެން ހުންނާނެ އެވެ.
ވެކޭޝަން އެކްސްޕޯގެ އެހެން ޕާޓްނަރުން
- އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
- އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
- ޓީވީ ޕާޓްނަރު ޕީއެސްއެމް
- އޮންލައިން ނިއުސް ޕާޓްނަރު މީޑިޔާ އަވަސް
- އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
- ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
- ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
- ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
- ލޮޖިސްޓިކް ޕާޓްނަރު އޭޝިޔާ ފޯވަޑިން
މި އެއްބަސްވުމުގައި އޮންލައިން ޕާޓްނަރެއްގެ ގޮތުގައި އަވަސް އިން ސޮއި ކުރި އިރު އެންމެ ފަހުން ރާއްޖޭގައި ބޭއްވި މޯލްޑިވިއަން އައިޑޮލްގެ އޮންލައިން ޕާޓްނަރަކީ ވެސް އަވަސް އެވެ. އަދި މި އަހަރު ބާއްވާ މިސްޓަ މޯލްޑިވްސް މުބާރާތުގެ އޮންލައިން ޕާޓްނަރަކީ ވެސް އަވަސް އެވެ.