- ވެކޭޝަންސް އެކްސްޕޯ އޯގަސްޓް 4-6 ގައި
- ޗުއްޓީ ހޭދަ ކުރަން ގިނަ ފުރުސަތު ތަކެއް
- ލަކީ ޑްރޯއިން ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތު
އޮގަސްޓް މަހު މާލޭގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ގައި މާފުށީ ކާނި ހޮޓެލްސްއިން ބައިވެރިވެއްޖެ އެވެ.
މާފުށީގައި އެންމެ ފުޅާކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ "ކާނި ހޮޓެލްސް" އިން މި ފެއާގައި އެ ތަނުން ލިބެން ހުރި ހިދުމަތްތައް ދައްކާލާނެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް ލިބޭނެ ފުރުސަތުތަކާއި ދިވެހިންގެ މެހުމާންދާރީ އަދާކުރުމުގެ ފުރިހަމަކަން ފެނިގެންދާނެ އެވެ.
"ވެކޭޝަންސް އެކްސްޕޯ 2016" ބާއްވަނީ އިވެންޓްތައް އިންތިޒާމު ކުރުމަށް ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުންފުނިކަމަށްވާ "ހައިރައިޒް" އިންނެވެ. އޮގަސްޓް މަހުގެ 4-6 އަށް ނޭޝަނަލް އާޓްގެލަރީގައި އޮންނަ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޗުއްޓީ ހޭދަ ކުރުމަށް ހުރި ފުރުސަތުތައް ދައްކާލާނެ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ ހައިރައިޒްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) ވިދާޅުވެފައިވާ ގޮތުގައި މި ފެއާގައި ރާއްޖޭގެ ބޮޑެތި އެއާލައިންތައް އޮޕަރޭޓްކުރާ ބޮޑެތި ހުރިހާ ކުންފުނިތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ. މި ފެއާގެ ތެރެއިން ކުރިއާލާ ރާވައިގެން ޗުއްޓީއެއް ޕްލޭން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
""މި އެކްސްޕޯއިން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ. އިންޓާނަލް ޓޫރިޒަމަށް ވެސް ފުރުސަތުތަކެއް ހުޅުވިގެންދާނެ. ގިނަ ޕެކޭޖުތަކެއް ލިބެން ހުންނާނެ. އެކްސްޕޯއަށް ޒިޔާރަތް ކޮށްލައިގެން ޔޫރަޕަށް ހިލޭ ދަތުރުކޮށްލުން ފަދަ ފުރުސަތުތައް ލިބޭނެ. ރިސޯޓު ޕެކޭޖުވެސް ލިބޭނެ،" އިއްސޭ ވިދާޅުވި އެވެ.
މިފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ. މީގެ އިތުރުން އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި ލޭމް އާއި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ. އަދި މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ:
- އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
- އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
- ޓީވީ ޕާޓްނަރު ޕީއެސްއެމް
- އޮންލައިން ނިއުސް ޕާޓްނަރު މީޑިޔާ އަވަސް
- އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
- ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
- ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
- ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
- ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ