ވިޔަފާރި

ސިންގަޕޯ އެއާލައިންސް އާއި ސިލްކް އެއާއިން ޓިކެޓް އަގު ހެޔޮޮށްފި

Jan 28, 2018

ސިންގަޕޫރަށް ދާން ބޭނުންނަމަ ދަތުރު ކޮށްލަން އެންމެ ހިތް ފަސޭހަ އެއާލައިންއަކީ ކޮބައި ހެއްޔެވެ؟ މި ސުވާލަށް ގިނަ ބައެއްގެ ޖަވާބަކަށް ހަމަ ޔަގީނުން ވެސް ވާނީ ސިންގަޕޫރު އެއާލައިންސް އެވެ. އެކަމަކު މިހާރު ސިންގަޕޫރު އެއާލައިންސްއެކޭ، އެއް ގޮތަށް ސިލްކް އެއާއިން ވެސް އެ ގައުމަށް ޖައްސާލެވިދާނެ އެވެ. މި ފަސޭހަކަން، އޮއްވާ މިހާރު މި ވަނީ އަގު ވެސް ހެޔޮކޮށްލާފަ އެވެ.

ސިންގަޕޯ އެއާލައިންސްގެ ޕެސެންޖަރު ސޭލްސް އެޖެންޓް (ޕީއެސްއޭ) ކަން، 1999 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާ ސަން ލޭންޑުން ބުނީ ޕްރޮމޯޝަންގައި އަގު ހެޔޮކޮށް ޓިކެޓް ވިއްކާނީ އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. އަދި ދަތުރު ކުރުމުގެ ފުރުސަތު މެއި 31 އާ ހަމަ އަށް އޮންނާނެ އެވެ.

ޓިކެޓު ބައެއް އަގު ހެޔޮވާ ގައުމުތައް

* ސިންގަޕޫރަށް 404 ޑޮލަރަށް
* ބެންކޮކަށް 423 ޑޮލަރަށް
* މެލޭޝިޔާ، ކުއަލްލަމްޕޫރަށް 406 ޑޮލަރަށް
* އިންޑޮނޭޝިއާގެ، ޑެންޕާސާ 589 ޑޮލަރަށް
* ފިލިޕީންސްގެ، މެނީލާ އަށް 544 ޑޮލަރަށް
* ހޮންކޮންގަށް 524 ޑޮލަރަށް
* އެހެނިހެން ގައުމު ތަކަށް ވެސް ޓިކެޓު ވިއްކާ

މި ޕްރޮމޯޝަން ކުރިއަށް ދާއިރު ސިންގަޕޫރު އެއާލައިންސްއިން ދަނީ ޑާކާ އާއި ކަތަމަންޑޫ އަށް 424 ޑޮލަރާއި 507 ޑޮލަރަށް ޓިކެޓު ވިއްކަމުންނެވެ.

ސިންގަޕޫރުން ރާއްޖެ އަށް ސިލްކް އެއާއިން ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. ސިލްކް އެއާއިން އިން ހަފުތާއަކު ނުވަ ފްލައިޓް ބާއްވަ އެވެ. މި ފްލައިޓްތައް ބާއްވަން ފެށުމާއެކު ސިންގަޕޫރު އެއާލައިންސް އާއި ސިލްކް އެއާއިން ބާއްވާ ފްލައިޓްގެ އަދަދު ވަނީ 16 އަށް އިތުރުވެފަ އެވެ. އަދި މާޗު 28 އިން ފެށިގެން ޖުމްލަ 18 ފްލައިޓަށް އިތުރުވެގެންދާނެ އެވެ.

ސިލްކް އެއާއަކީ އޭޝިއާގެ 16 ގައުމެއްގެ 53 މަންޒިލަށް ދަތުރުކުރާ އެއާލައިނެކެވެ. އަދި ސިންގަޕޫރު އެއާލައިންސް އިން 87 ގައުމެއްގެ 362 މަންޒިލަކަށް ދަތުރުކުރެ އެވެ.