ޕްރޮމޯޝަން

ގެސްޓްހައުސް މޯލްޑިވްސް ސައިޓުގައި ލިސްޓު ކުރުން ހިލޭ

Nov 18, 2016

ގެސްޓްހައުސް މޯލްޑިވްސް ވެބްސައިޓުގައި ލިސްޓު ކުރުން މި މަހުގެ ނިޔަލަށް ހިލޭ ހުޅުވާލައިފި އެވެ.

ގެސްޓްހައުސް ވިޔަފާރި ބޭރުގައި ޕްރޮމޯޓް ކުރާ "ގެސްޓްހައުސް ޑޮޓްއެމްވީ" ސައިޓުން ހުޅުވާލި، މި ފުރުސަތާއެކު އެންމެ ފުޅާ ދާއިރާއެއްގައި ތަރައްގީވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގެ މައުލޫމާތުތައް މި ސައިޓު މެދުވެރިކޮށް ލިބޭނެ އެވެ. މިގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގެސްޓްހައުސް ޑޮޓް އެމްވީ ހިންގާ "މޯލްޑިވްސް ގެޓަވޭސް" އާ ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

މޯލްޑިވްސް ގެޓަވޭސް އިން ގެސްޓްހައުސް ވިޔަފާރީގެ މައުލޫމާތު ފެތުރުމަށް ހާއްސަ މަޖައްލާއެއް "ގެސްޓްހައުސް މޯލްޑިވްސް" ގެ ނަމުގައި ނެރެމުންދެ އެވެ. މި މަޖައްލާގެ އަންނަ އަހަރުގެ އަދަދު ޖެނުއަރީ މަހު ނެރޭނެ އެވެ. އަދި މި މަޖައްލާގައި ގެސްޓްހައުސްތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަޖައްލާ ގިނަ ފެއާތަކެއްގައި ބަހާނެ އެވެ. މިގޮތުން މި މަޖައްލާގެ 5،000 ކޮޕީ ޕްރިންޓް ކޮށްގެން ނެރޭނެ އެވެ.