ވިޔަފާރި

ވެކޭޝަންސް އެކްސްޕޯގައި މިފަހަރު ވެސް ހިލޭ އުމްރާ ދަތުރެއް

Jan 18, 2017

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯއަށް ދާ ފަރާތްތަތަކުގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް މުފައްސިރީން ގްރޫޕުން ދޭން ނިންމައިިފި އެވެ.

މިދިޔަ އަހަރު ވެސް ވެކޭޝަންސް އެކްސްޕޯ އިންތިޒާމުކުރި ހައިރައިޒްއިން ބުނީ މި އަހަރުގެ ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށްވެސް ވިޒިޓް އެންޑް ވިންގެ ގޮތުގައި ގިނަ އިނާމުތަކެއް ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް އުމްރާ ދަތުރެއް ހުށަހެޅި މުފައްސިރީން ގްރޫޕުން މި އަހަރު ވެސް އުމްރާ ދަތުރެއް ހުށަހަޅާފައިވާ ކަމަށް ހައިރައިޒް އިން ބުނެ އެވެ. އަދި މި އަހަރުވެސް ޗައިނާ އާއި ބެންކޮށް އަދި ސިންގަޕޫރާއި ދުބާއީ އަދި ސްރީލަންކާއަށް ދިއުމަށް ހާއްސަ ޓިކެޓު ވަނީ ހުށަހަޅާފަ އެވެ.

ދުރާލާ ޗުއްޓީ ރާވަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގައި މިދިޔަ އަހަރު 2،000 ޑޮލަރުގެ ޕެކޭޖުތަކުގެ އިތުރުން ކްރޫޒްލައިން ޕެކޭޖެއްވެސް ހުށަހެޅި އެވެ. އަދި މިދިޔަ އަހަރު ބައިވެރިވި ބޭރުގެ ފަރާތްތަކުގެ ތެރޭގައި ސިންގަޕޫރު ޓޫރިޒަމް ބޯޑާއި މެލޭޝިޔާ ޓޫރިޒަމް ބޯޑުގެ އިތުރުން ބޭރުގެ ކުންފުނިތައް ވެސް ހިމެނެ އެވެ.

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ އޮތީ އަންނަ އަހަރު ޖުލައި މަހު އެވެ. މި ވެކޭޝަންސް އެކްސްޕޯގެ އެސޯސިއޭޓް ޕާޓްނަރަކަށް އިންޑިޔާގެ ހޮލިޑޭ ކެރެލާ ވަނީ ހަމަޖައްސާފަ އެވެ.