ވިޔަފާރި

ވެކޭޝަން އެކްސްޕޯގައި ގިނަ ކުންފުނިތަކެއް ބައިވެރިވެއްޖެ

May 24, 2017

ޖުލައި މަހު އޮންނަ ވެކޭޝަންސް އެކްސްޕޯގައި ގިނަ ކުންފުނި ތަކެއް ބައިވެރިވެއްޖެ އެވެ.

ވެކޭޝަން އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާގައި ގިނަ އެއާލައިން ތަކެއް ތަމްސީލްކުރާ ވޮޔޮޖަސް މޯލްޑިވްސްގެ އިތުރުން ކްރެކަން އެޑްވެންޗާސް އާއި ރިވަރީސް ގެސްޓް ހައުސް އަދި ވިނޯވާ ހިމެނެ އެވެ. މީގެ އިތުރުން މި އަހަރު ހައްޖު ކޯޕަރޭޝަންގެ އިތުރުން މުފައްސިރީން ގްރޫޕުން ބައިވެރިވެ އެވެ.

ވެކޭޝަންސް އެކްސްޕޯގެ މި އަހަރުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހޮލިޑޭ ކެރެލާ އެވެ.

ހައިރައިޒް އިން މިދިޔަ އަހަރު ވެސް ވެކޭޝަންސް އެކްސްޕޯއެއް ބާއްވާފައިވެ އެވެ. މިދިޔަ އަހަރުގެ ވެކޭޝަންސް އެކްސްޕޯގައި ޓޫރިޒަމް މެލޭޝިޔާ އާއި ޓޫރިޒަމް ސިންގަޕޫރުން ބައިވެރިވެފައިވެ އެވެ. އަދި މި އެކްސްޕޯގައި އިނަ މޯލްޑިވްސް އިން ރާއްޖެ އަށް ކްރޫޒްލައިނާ ޓޫރިޒަމް ތައާރަފު ކުރި އެވެ. މީގެ އިތުރުން ބޮޑެތި ކުންފުނިތަކުން ގިނަ އިނާމު ތަކެއް ހުށަހެޅި އެވެ.

މި ދިޔަ އަހަރުގެ ވެކޭޝަންސް އެކްސްޕޯ އަށް ގިނަ އިނާމުތަކެއް ހުށަހެޅުމާއެކު، މި ފެއާ އަށް 5،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.