ވިޔަފާރި

ވެކޭޝަންސް އެކްސްޕޯ 2017: އެސޯސިއޭޓް ޕާޓްނަރަކަށް ހޮލިޑޭ ކެރެލާ

Dec 24, 2016

އަންނަ އަހަރު ޖުލައި މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯގެ އެސޯސިއޭޓް ޕާޓްނަރަކަށް އިންޑިޔާގެ ހޮލިޑޭ ކެރެލާ ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ވެކޭޝަންސް އެކްސްޕޯ އިންތިޒާމުކުރި ހައިރައިޒްއިން ބުނީ އަންނަ އަަހަރުގެ ވެކޭޝަންސް އެކްސްޕޯގެ އެސޯސިއޭޓް ސްޕޮންސާއަކަށް މަޝްހޫރު ހޮލިޑޭ ކެރެލާ ހަމަޖައްސާފައިވާ ކަމަށާއި މިއީ ބޮޑު ކުރިއެރުމެކެވެ.

ހޮލިޑޭ ކެރެލާއަކީ އިންޑިޔާގެ އެންމެ ހިތް ގައިމު ސަރަހައްދު ކަމަށްވާ ކެރެލާ ސްޓޭޓުގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ ކުންފުންޏެވެ.

ހައިރައިޒް އިން މިދިޔަ އަހަރު ވެސް ވެކޭޝަންސް އެކްސްޕޯއެއް ބާއްވާފައިވެ އެވެ. މިދިޔަ އަހަރުގެ ވެކޭޝަންސް އެކްސްޕޯގައި ޓޫރިޒަމް މެލޭޝިޔާ އާއި ޓޫރިޒަމް ސިންގަޕޫރުން ބައިވެރިވެފައިވެ އެވެ. އަދި މި އެކްސްޕޯގައި އިނަ މޯލްޑިވްސް އިން ރާއްޖެ އަށް ކްރޫޒްލައިނާ ޓޫރިޒަމް ތައާރަފު ކުރި އެވެ. މީގެ އިތުރުން ބޮޑެތި ކުންފުނިތަކުން ގިނަ އިނާމު ތަކެއް ހުށަހެޅި އެވެ.

މި ދިޔަ އަހަރުގެ ވެކޭޝަންސް އެކްސްޕޯ އަށް ގިނަ އިނާމުތަކެއް ހުށަހެޅުމާއެކު، މި ފެއާ އަށް 5،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ވެކޭޝަންސް އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 6-8 އަށެވެ.