ބޭރު ކުޅިވަރު

ޔޫރޯގެ މޮޅު ކުޅުންތެރިޔަކަށް ގްރިއެޒްމަން

ރޭ ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް މުބާރާތުގެ ރަނަރަފް ފްރާންސްގެ އެންޓޯނިއޯ ގްރިއެޒުމަން ހޮވައިފިއެވެ.

މުބާރާތް ނިމުނުތާ އެއް ދުވަސް ފަހުން، މޮޅު ކުޅުންތެރިޔާގެ ނަން ޔޫއެފްއާގެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގްރިއެޒްމަން އިއުލާން ކުރިއިރު، ހަ ލަނޑު ޖަހައިގެން މުބާރާތުގެ ރަންބުޓްވެސް ހޯދައިފައިވަނީ އޭނާ އެވެ.

އެންޓޯނިއޯ ގްރިއެޒްމަން ވަނީ އޭނާ ކުޅުނު ކޮންމެ މެޗްގައި، އިދިކޮޅު ޓީމަށް ނުރައްކާ ކޮށްފަ. އޭނާ ވަނީ ފްރާންސް ޓީމުގައި ބުރަ މަސައްކަތް ކޮށްފަ. ގޯލް ޖެހުމުގައި އޭނާގެ އަމިއްލަ ހުނަރާއި ވިޝަން އަދި ޓެކްނިކްސް ވަނީ ފެނިގެންގޮސްފަ" ޔޫރޯއަށް ހައްސަކޮށް ޔޫއެފާއިން އިއުލާންކުރި ޓެކްނިލަ ޓީމްގެ ހެޑް ރޮމޭނިއާގެ ކުރީގެ މިޑްފީލްޑާ ލޯން އެންޖެލޯ ލްޕްސެކިޔު ބުންޏެވެ.

ޔޫއެފާއިން އެކުލަވަލި މި ޓެކްނިކަލް ކޮމިޓީގައި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަންވެސް ހިމެނެއެވެ.

ހަ ލަނޑު ޖެހުމުގެ އިތުރަށް ގްރިއެޒްމަން ވަނީ އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށް ދީފައެވެ.

ގްރިއެޒްމަންގެ އިތުރުން ފްރާންސްގެ މިޑްފީލްޑާ ޑިމްޓްރީ ޕެޔަޓްވެސް ވަނީ ޔޫރޯގެ ޑްރީމް ޓީމުގައި ހިމެނިފައެވެ.

ފައިނަލް މެޗްގައި އަނިޔާވެގެން ދަނޑުން ބޭލި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޑިފެންޑަރު ޕެޕޭއާއި ގޯލްކީޕަރު ރޫއީ ޕެޓްރީޝިއޯއި ރަފޭލް ގްއެރޭރޯވެސް ވަނީ ޑްރީމް ޓީީމުގައި ހިމެނިފައެވެ.

ޗެމްޕިއަން ޕޯޗްގަލްގެ ހަތަރަ ކުޅުންތެރިން، ޑްރީމް ޓީމުގައި ހިމެނުނު އިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ހިމެނުނު ޓީމަކީ ޖަރުމަނެވެ. އެޓީމުން ތިން ކުޅުންތެރިޔަކު ވަނީ ޑްރީމް ޓީމުގައި ހިމެނިފައެވެ.

ޔޫއެފާއިން މިއަދު އިއުލާާން ކުރި ޑްރީމް ޓީީމުގައި ވޭލްސް ސެމީ ފައިނަލާ ހަމަޔަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގެރެތު ބޭލް ނުހިމެނުމަކީ ގިނަ ބަޔަކަށް ލިބު ހައިރާން ކަމެކެވެ. ނަމަވެސް ވޭލްސްގެ އާރޮން ރަމްސީއަށް ވަނީ ޑްރީމް ޓީީމުން ފުރުސަތު ލިބިފައެވެ.