އެމެރިކާ

"ޑަލަސްގެ ގާތިލް" މަރާލަން ރޮބަޓް ބޮން ބޭނުން ކުރީ ރަނގަޅަށް: ޕޮލިސް ޗީފް

Jul 12, 2016

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޑަލަސްގައި ހަ ފުލުހަކު މަރާލި، މިޗާ ޖޯންސަން މަރާލަން ރޮބަޓެއްގައި ބޮމެއް ހަރުކޮށްގެން އެކަން ކުރީ ރަނގަޅަށް ކަމަށް ޑަލަސްގެ ފުލުހުންގެ ޗީފް ޑޭވިޑް އޯ ބްރައުން ވިދާޅުވެއްޖެ އެވެ.

ރޮބަޓެއްގައި ބޮމެއް ހަރުކޮށްގެން، ޖޮންސަން މަރައިލަން ފޮނުވުމަކީ ފުލުހުންގެ އެތިކްސްއާ ހިލާފު ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ.

މީހުންގެ ޝަކުވާތަކާ ގުޅިގެން ބްރައުން ވިދާޅުވީ "ގާތިލް މަރައިލަން ރޮބަޓް ބޮމެއް ބޭނުން ކުރުމަކީ މައްސަލައެއް ނޫން. ކުރިއަށް އޮތް ތަނުގައިވެސް ރޮބަޓް ބޮން ބޭނުން ކުރާނަން،" ކަމަށެވެ.

މަރާލި ޖޯނބްސަން އަކީ ކުރިން އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އޮފިސަރެކެވެ.

ޖޯންސަން މަރައިލަން ބޮން ހަރުކޮށްފައި ފޮނުވި، ރޮބަޓަކީ 150000 އެމެރިކާ ޑޮލަރުގެ އަގުހުރި "ފުލުހުންގެ މުވައްޒިފެކެވެ." ކޮންމެ ރޮބަޓެއް ވެސް ބޭނުން ކުރެވޭނީ އެއް ފަހަރު އެވެ. ރިމޮޓް ކޮންޓްރޯލްއެއް ބޭނުން ކޮށްގެން، އެ ރޮބަޓްގެ މަސައްކަތް ފުރިހަމަ ކުރާއިރު، އޭގައި މަންޒަރުތައް ނަގަން ކެމެރާއެއް ހުރެއެވެ. އެ ރިމޯޓް ކޮންޓްރޯލްއަކީ 50 ރާތާގެ ބަރުދަން ހުރި ޑިވައިސް އެކެވެ.

"އަހަރެމެންގެ ފުލުހުންގެ އޮފިސަރުންގެ ސަލާމަތައް އހަރެން ކޮންމެ ޓޫލްއެއްވެސް ބޭނުން ކުރަން ޖެހިއްޖެއްޔާ ބޭނުން ކުރާނަން، ނިހެން ބުނާކަށް އަހަރެން ލަދެއް ނުގަނޭ" ބްރައުން ވިދާޅުވިއެވެ.

މީީ އެމެރިކާގެ އެތެރޭގައި މިފަދަ ބޮމެއް ބޭނުން ކުރި ފުރަތަމަ ފހަރެވެ. އެހެން ކަމުން އެ ރޮބަޓް ބޮން ބޭނުން ކުރީ ޓެސްޓް ކުރުމަށްފަހު އެއް ނޫނެވެ. ޖޯންސަން މަރާލުމުގެ ޓާސްކަށް އެ ރޮބަޓް ހޭދަކޮށްފައިވަނީ 15 މިނެޓާއި 20 މިނެޓްގެ ވަގުތެއް ކަމަށް ބްރައުން ވިދާޅުވިއެވެ.

"އަހަރެން އެންގީ އިމާރާތެއްގެ ކައިރިން ގޮއްވާ ނުލުމަށް. އެ ޓާސްކް ފުރިހަމަ ކޮށްފި،" ބްރައުން ވިދާޅުވި އެވެ.