ދުނިޔެ

އެލްސެލްވާޑޯގެ ގޭންގް މާރާމާރީތަކުގައި މިއަހަރުތެރޭ 3000 މަރު!

Jul 13, 2016

ޖުލައި، 13 – (ސެން ސެލްވާޑޯ): ޕެސިފިކް ކަނޑުގައި އޮންނަ އެލް ސެލްވޯޑޯގައި ގޭންގް މާރާމާރީ ތަކުގެ ސަބަބުން މިއަހަރު މިހާތަނަށް 3000 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސެންޓަރަލް އެމެރިކާއަށް ނިސްބަތްވާ އެލް ސެލްވާޑޯގެ ފޮރެންސިކް މެޑިސިން އިންސްޓްޓިޔުޓުން ބުނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ގޭންގްތަކުން ބަދަލު ހިފުމުގެ ގޮތުން 3058 މީހުން މަރައިލައިފައިވާ ކަމަށެވެ. އަދި ގިނަ މަރުތައް އައިސްފައިވަނީ އެކަކު މަރައިލުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އެލް ސެލްވާޑޯ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި ކަނޑައޅާފައިވާ ގައުމެކެވެ. ގޭންގް މާރާމާރީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަ ކަމުން އެގައުމު ސިފަ ކުރަނީ "ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި" އޮތް ގައުމެއްގެ ގޮތުގައެވެ.

މަރުގެ ހާދިސާތައް އެންމެ ގިނަ އިން ހިނގައިފައިވަނީ އެންމެ ނުރައްކާތެރިކަމަށް ބެލޭވޭ ގެންގްތަކުގަ އެވެ. އެ ގޭންގްތަކުގައި ގިނައީ އެމެރިކާއާއި އަވަށްޓެރި ގައުމުތަކުން ހިޖުރަކޮށްފައިވާ މީހުންނެވެ.

ފޮރެންސިކް އިންސްޓްޓިޔުޓުން އިއްޔަ ނެރުނު ހިސާބުތައް ދައްކާގޮތުން ފުލުފުލުގައި އެންމެ ގިނަ މަރުގެ ހާދިސާތައް ހިނގާފައިވަނީ އަހަރުގެ ކުރީ ކޮޅުއެވެ. އެގޮތުން އޭޕްރީލް މަހާއި ހަމަޔަށް ގިނަ އަދަދެއްގެ މަރުގެ ހާދިސާތަކެއް ވަނީ ހިނާގާފައެވެ.

އެއަށްފަހު ސެލްވާޑޯގެ ސަރުކާރުން އަސްކަރީ ފައުތައް މެދުވެރިކޮށް ގޭންގް ހަރާކަތް ހުއްޓުވަން މަސައްކަތް ފޭސިފަހުން މަރުގެ ހާދިސާތައް މަދުވެފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ ހިސާބުތައް ދައްކާގޮތުން މިރުގެ މައްސަލަތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި މަރުގެ މައްސލަތައް ހިނާގާފައިވަނީ ބަޑިން ހަމަލާދީގެންނެވެ. އަދި އަނެއް ބައި މަރު ހިނާގަފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެންނެވެ.