- ބޯޓިން އެވޯޑު އޮތީ ނޮވެމްބަރު މަހު
- 25 ކެޓަގަރީއަކުން އެވޯޑު ދޭ
- ސަފާރީތަކަށްދޭ އެންމެ ޝަރަފުވެރި އެވޯޑް
މޯލްޑިވްސް ބޯޓިން އެވޯޑުގެ ކޯ-ސްޕޮންސަރުންގެ ގޮތުގައި ފިއުލް ސަޕްލައި މޯލްޑިވްސް އާއި އެމްޓީސީސީ ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ސަފާރީތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "މޯލްޑިވްސް ބޯޓިން އެވޯޑް 2016" އިންތިޒާމުކުރާ ޔުނިކާ ޕްރައިވެޓް ލިމިޑެޑުން ބުނި ގޮތުގައި ނޮވެމްބަރު މަހު ބޭއްވުމަށް އިންތިޒާމު ކުރަމުން ގެންދާ ބޯޓިން އެވޯޑުގެ ކޯ-ސްޕޮންސަރުގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ސަޕްލައިކުރާ ފިއުލް ސަޕްލައި މޯލްޑިވްސް އާއި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މެރިން ސާމާނު ވިއްކާ އެމްޓީސީސީ ހަމަޖައްސާފައިވާ ކަމަށެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ޔުނިކާގެ މެނޭޖިން ޑިރެކްޓަރު މޫސާ އަޒްމީލް ވިދާޅުވީ މި އެވޯޑު ކުލަގަދަކޮށް ބޭއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓިން އެވޯޑުގައި ވަނަ ދޭނެ ގިންތިތައް
- - އެންމެ ފުރިހަމަ ސަފާރީ ބޯޓް ބަނދެފައިވާ ފަރާތް (ކުންފުނި)
- - އެންމެ ފުރިހަމަ ސަފާރީ ބޯޓް
- - އެންމެ ފުރިހަމަ ފައިބަރު އުޅަނދު (15-40 މީޓަރާއި ދެމެދު )
- - އެންމެ ފުރިހަމަ ފައިބަރު އުޅަނދު (5-24 މީޓަރާއި ދެމެދު )
- - އެންމެ ފުރިހަމަ ސެއިލިން ޔޮޓް (15-30 މީޓަރާއި ދެމެދު)
- - އެންމެ ފުރިހަމަ ބޯޓް ޑިޒައިން
- - އަހަރުގެ ސަފާރީ ބޯޓް އޮޕަރޭޓަރު (ރާއްޖޭގެ)
- - އަހަރުގެ ސަފާރީ ބޯޓް ބްރޭންޑް
- - އަހަރުގެ ޑައިވް ގައިޑް
- - އަަހަރުގެ ސާފް ގައިޑް
- - އަހަރުގެ މެރިން އިންޖީނު މަރާމާތު ކުރާ ފަރާތް
- - އަހަރުގެ ސަފާރީ ބޯޓް ކެޕްޓަން
- - އަހަރުގެ އެންމެ ފުރިހަމަ ބޯޓް ކްރޫއިން ތިބި ބޯޓް
- - އަހަރުގެ ބޯޓްޔާޑް
- - އެންމެ އެދެވޭ މެރިން އިންޖީނު މަރުކާ
- - އެންމެ އެދެވޭ ޖަނަރޭޓަރު މަރުކާ
- - އަހަރުގެ އެންމެ މޮޅު މެރިން އިންޖީނު މަރުކާ
- - އެންމެ އެދެވޭ ޑައިވް އިކްއިޕްމަންޓް މަރުކާ
- - އެންމެ އެދެވޭ ޑައިވް ކޮމްޕްރެސަރު މަރުކާ
- - އެންމެ އެދެވޭ މެރިން ދަވާދު މަރުކާ
- - އަހަރުގެ ބަންކަރިން އަދި ފިއުލް ސަޕްލަޔަރު
- - އަހަރުގެ އެންމެ ފުރިހަމަ ސާފް ސަފާރީ ބޯޓް
- - އަހަރުގެ އެންމެ ފުރިހަމަ ޑައިވް ސަފާރީ ބޯޓް
- - އަހަރުގެ އެންމެ ފުރިހަމަ ފިޝިން ސަފާރީ ބޯޓް
- - އަހަރުގެ އެންމެ އެދެވޭ އިންޝުއަރެންސް ޕާޓްނަރު
- - އަހަރުގެ ބޯޓް އިންޑަސްޓްރީ ސަހްސިއްޔަތު/ ބޯޓް ޕާސަނަލިޓީ
"ބޯޓިން އެވޯޑް" އަކީ ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލިވަ ބޯޑް އެސޯސިއޭޝަންގެ އެވޯޑެވެ. މި ޖަމިއްޔާ އިން ދަނީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށްދޭ މި ޝަރަފުވެރި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.