ވިޔަފާރި

އަލްޝާލީ ބޯޓިން އެވޯޑަށް ނޮމިނޭޓް ވެއްޖެ

އަލްޝާލީ މެރިން މޯލްޑިވްސް ބޯޓިން އެވޯޑުގެ ގިނަ އެވޯޑު ތަކަށް ނޮމިނޭޓް ވެއްޖެ އެވެ.

ލިވް އަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ރާއްޖޭގެ ކަނޑު އުޅަނދު ފަހަރަށް ހާއްސަކޮށް ބާއްވާ މި އެވޯޑު ގެ ހަތް ކެޓަގަރީއަކަށް އެ ކުންފުނިން ވަނީ ވެފަ އެވެ.

އޭސް މެރިން ނޮމިނޭޓްވެފައިވަނީ:

  • ބެސްޓް ބޯޑް ޑިޒައިން
  • ބެސްޓް ލިވްބޯޑް ޔޮޓްބިލްޑާސް
  • ބެސްޓް ޕްރޮޑަކްޝަން ފައިބަ ގްރާލް 5-26 މީޓަރު
  • ބެސްޓް ޕްރޮޑަކްޝަން ފައިބް ގްލާސް 15-26 މީޓަރު
  • މޮސްޓް ޕްރިފާޑް މެރިން އިކްއިމްޕަންޓް
  • މެރިން އިންޖިނިއަ ސާވިސް ޕްރޮވައިޑާ

މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ޖުމްލަ 26 ކެޓަގަރީ އެއް ހިމެނެ އެވެ. އޭގެތެރޭގައި ސަފާރީ އުޅަނދު ފަހަރާއި މެރިން އިންޑަސްޓްރީގެ ސަޕްލަޔަރުން އަދި ފަޅުވެރިންނާއި ކެޕްޓަނުން އަދި ގައިޑުން ނަށްވެސް އެވޯޑު ދޭނެ އެވެ. އަދި މި އެވޯޑަށް ވޯޓު ލިބުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 އެވެ.

ބޯޓިން އެވޯޑުގައި އަލްޝާލީއަކީ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ. އެ ކުންފުންޏަށް އެންމެ ފަހުން ބޭއްވި ބޯޓިން އެވޯޑުގައި ގިނަ ވަނަތަނެއް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ލިބުނު އެވޯޑުތައް:

  • ޑޮކްޔާޑް އޯ ސްލިޕްވޭ އޮފް ދި އިޔާ
  • ބެސްޓް ބޯޓް ޑިޒައިން އޮފް ދި އިޔާ
  • ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް އޮފް ދި އިޔާ (5 މީޓަރާއި 24 މީޓަރު) ގެ
  • ބެސްޓް ޕްރޮޑަކްޝަން ފައިބާ އޮފް ދި އިޔާ (15 މީޓަރާއި 40 މީޓަރު)

ލޭމްއިން އިންތިޒާމުކޮށްގެން ބާއްވާ ބޯޓިން އެވޯޑު ރާއްޖޭގައި ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި މި އެވޯޑަކީ މި ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.