މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް މިމަހު 25 އިން 29 އާ ހަމައަށް މާލޭގެ މަގުތައް އެކި ބޭނުންތަކަށް ބަންދު ކުރުމުގެ ހުއްދަ ދޫ ނުކުރާން ހައުސިން މިނިސްޓްރީ އިން ނިނަމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ކުޅިވަރުގެ އެކި ހަރަކާތްތައް މާލޭ އެކި ސަރަހައްދުގެ މަގުމަތީގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ހަރަކާތްތައް ބަލަން އާންމުން ނުކުމެ އުޅެން ފަސޭހަ ކޮށް ދިނުމުގެ އޮތުން މިމަހު 25 އިން 29 އާ ހަމަޔަށް މަގު ބަންދުކޮށް ތަން ތަން ކޮނުމައި ކޮންކްރީޓް ޝީޓް އެޅުން ފަދަ މަސައްކަތް ކުރުމުގެ ހުއްދަ ދޫ ނުކުރަން ނިންމަވައިފަވާ ކަމަށެވެ.
މިނިވަން ދުވަހާ ގުޅުވައިގެން މާލޭ މަގުމަތީ އެކި ސަރަހައްދުގައި ތްރީޑީ އާޓުތައް ދައްކާލުމައި ގިނަ ހަރަކާތްތައް ބާއްވަން ނިންމާފައިވާއިރު އެހެނިގެން ކުޅިވަރު ހަރަކާތްތައް ވެސް ވަނީ ރާވާފަ އެވެ.