ދުނިޔެ

ފްރާންސްގެ ރައީސް ބޯކޮށުމަށް މަހަކަށް 11،000 ޑޮލަރު

Jul 15, 2016
1

ފްރާންސްގެ ރައީސް ފްރަންސްއާ އޮލާންޑޭގެ ބޯކޮށުމަށް މަހަކަށް 11،000 އެމެރިކާ ޑޮލަރު ހަރަދު ކުރައްވާކަން ފަޅާއަރައި ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.

ފްރާންސްގެ 'ލީ ކެނަޑް އެންޗައިން' މަޖައްލާއިން ވަނީ އޮލާންޑޭ ބޯކޮށުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބޮކޮށައިދޭ މީހާ، އޮލިވިއޭ ބެނަމާގެ އެއްބަސްވުން އާންމުކޮށްފަ އެވެ. އެ މަޖައްލާއިން ބުނީ، ބޯކޮށައިދޭ މީހާގެ މަހު މުސާރަ އަކީ ފްރާންސްގެ ވަޒީރަކަށް ލިބިވަޑައިގަންނަވާ ވަރުގެ މުސާރައެއް ކަމަށެވެ. ފްރާންސްގެ ވަޒީރަކަށް މުސާރައިގެ ގޮތުގައ މަހަކު، 10990 ޑޮލަރުލިބެ އެވެ. މިއީ ބޭކާރު ހަރަދެއް ގޮތުގައި އިދިކޮޅު ފަރާތްތަކުން ފާހަގަކޮށް ރައީސްއަށް ވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ.

އޮލާންޑޭއަކީ ވާތު ފިޔައިގެ ބޭފުޅެކެވެ. 2012 ވަނަ އަހަރު ރިޔާސީ އިންތިހާބު ކެމްޕޭންގައި، އޮލަންޑޭ ދެއްކެވި އެއް ވަހަކައަކީ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒިގެ "އަގުބޮޑު' ދިރިއުޅުން ފަދަ ދިރިއުޅުމަށް ފުރަގަސް ދެއްވުމުގެ ވައުދެވެ.

ސަރުކޯޒީގެ ރައީސް ކަމުގައި އޭނާގެ ހާއްސަ މޭކަޕް އާޓިސްޓަށް މަހަކު 8500 އެމެރިކާ ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

ބޯކޮށައިދޭ މީހައަށް ބޮޑު މުސަރައެއް ދޭތީ އޮލަންޑޭއަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ރިޔާސީ ގަނޑުވަރުގެ އޮފިޝަލަކު ވިދާޅުވީ ބޯކޮށާ މިހާ ދުވާލުގެ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރައްވާ ކަމަށާއި އޮލަންޑޭގެ ބޯކޮށުމުގެ އިތުރަށް ބޮލުން އިސްތަށި މަދުވާ ދިމާތަކުގައި އިސްތަށި ފެޅުވުމަށް ދޭން ޖެހޭ ފަރުވާތައް ދިނުމުގައި ގިނަ ވަގުތު ތަކެއް ހޭދަކުރާ ކަމަށެވެ.