ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ސެމީފައިނަލް މެޗްގައި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުގެ މައްޗަށް 3-2 ސެޓުން ކާމިޔާބު ހޯދައި ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ފައިނަލަށް ދަތުރުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ކުޅުނު މެޗް، ފުރަތަމަ ސެޓް މޯލްޑިވިއަން ކާމިޔާބު ކުރީ 22-25އިންނެވެ. ފޯރިގަދަވި ދެ ވަނަ ސެޓް ޑީއެސްސީ ކާމިޔާބު ކުރީ 27-25 އިންނެވެ.
ތިން ވަނަ ސެޓް، މޯލްޑިވިއަން ކާމިޔާބު ކުރީ ސިފައިންނަށް 19 ޕޮއިންޓް ދީފަ އެވެ. އަދި އޭގެ ފަހުން ކުޅުނު ފަހު ދެ ސެޓް ޑީއެސްސީ ކާމިޔާބު ކުރީ 25-20 އަދި 22-20 އިންނެވެ.
ފައިނަލްގެ ދެ ވަނަ ޖާގަ ހޯދަން ސެމީ ފައިނަލް ފަހު މެޗްގައި މާދަމާ ރޭ މޯލްޑިވިއަން ބައްދަލު ކުރާނީ މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބު ކުރި ޕޮލިހާ އެވެ. އެ ޓީމު މޮޅުވީ ސްޕޯޓްސް ކުލަބު ސިޓީ އަތުންނެވެ.