ރާއްޖެ ކުޅިވަރު

ވީއޭއެމް ކަޕް: ފައިނަލްގައި ސިފައިންގެ ކުލަބާ ދެކޮޅަށް މޯލްޑިވިއަން

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީ ފައިނަލްގައި ޕޮލިސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި މޯލްޑިވިއަސް ސްޕޯޓްސް ރެކްރިއޭޝަން ކުލަބު މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި މޯލްޑިވިއަން ވާދަ ކުރާނީ މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗްގައި މޯލްޑިވިއަން ބަލިކޮށް ފައިނަލްގެ ޖާގަ ހޯދި ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ކުޅުނު ސެމީފައިނަލް މެޗް މޯލްޑިވިއަން ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުންނެވެ.

ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ. ދެ ވަނަ ސެޓް 25-22 ން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް ހޯދީ 25-23 ންނެވެ

ހަތަރު ވަނަ ސެޓް މޯލްޑިވިއަން ހޯދީ 25-22 ންނެވެ. އަދި މެޗުން މޮޅުވި ސެޓް ކާމިޔާބު ކުރީ 15-7 ން ނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދު (ބަޓިސް) އެވެ.