ދުނިޔެ

ރިޕަބްލިކަން ޕާޓީގެ ޓިކެޓް ރަސްމީކޮށް ޓްރަމްޕްއަށް ލިބިއްޖެ

Jul 20, 2016

ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ރަސްމީކޮށް ޑޮނާލްޑް ޓްރަމްޕްއަށް ލިބިއްޖެ އެވެ.

ޓްރަމްޕް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔަބުކޮށްފައިވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އެހެން ނަމަވެސް ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން ވަނީ ރިޔާސ ޓިކެޓް ރަސްމީކޮށް ޓްރަމްޕާ ހަވާލުކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއަކަށްފަހު ކަމަށް ބުނެފަ އެވެ. ޓްރަމްޕަށް ޓިކެޓް ހަވާލުކުރަން 1،237 ޑެލިގޭޓުންގެ ވޯޓު ބޭނުންވެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޑެލިގޭޓުންވަނީ ޓްރަމްޕަށް ޓިކެޓްދޭން ނިންމުމުން ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ޓިކެޓް ޓްރަމްޕަށް ޔަގީންވުމާ އެކު ހިލަރީ ވަނީ ޓްރަމްޕަށް ކެންޑިޑޭޓްކަން ލިބުނީ އަދި ކިރިޔާ ކަމަށާއި އޭނާ ވައިޓްހައުސްއާ ގާތްވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ އަޑުއުފުލައިފަ އެވެ.

ޓިކެޓް ލިބުމާ ގުޅިގެން، ޓްރަމްޕް ވިދާޅުވީ މިއީ، ތާރީހީވަގުތެއް ކަމަށެވެ. އަންނަ އިންތިހާބުގައި ހިލަރީ ބަލިކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކަށް ޓްރަމްޕް ހަވާލުކުރުމަކީ އެމެރިކާގެ ތާރީހުގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޓްރަމްޕްއަށް ރަސްމީކޮށް އެޕާޓީގެ ޓިކެޓް ދޭން ނިންމުމުން ގިނަ ބަޔަކުދަނީ ޓްރަމްޕްއަށް މަރުހަބާ ކިޔަމުންނެވެ.