ރާއްޖެ ކުޅިވަރު

ތަށި މިލްކު ކުރަން ސިފައިން ތައްޔާރުވެއްޖެ

ވޮލީބޯލް އެސޯސިއޭޝަން ކަޕް މިލްކު ކުރަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އޮތީ މިރޭ މޯލްޑިވިއަންސް ސްޕޯޓްސް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅޭ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށްއެ ޓީމުން ބުނެފި އެވެ.

ޑީއެސްސީ ފައިނަލަށް ދިޔައީ ފުރަތަމަ ސެމީ ފައިނަލް މެޗްގައި މޯލްޑިވިއަން ތިން ސެޓް ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ.

މިރޭ ގެ މެޗާ ބެހޭގޮތުން 'އަވަސް' އާ ވާހަކަ ދައްކަމުން މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޓީމުގެ އެސިސްޓެންޓް ކޯޗް އާދަމް ހަލީމް ބުނީ، ކުޅުންތެރިންގެ ގޮތުން ޑީއެސްސީއަށް ވުރެ މޯލްޑިވިއަން ޓީމު ވަރުގަދަ ކަމަށާއި، ނަމަވެސް މޯލްޑިވިއަން ބަލިކޮށް ޑީއެސްސީ ފައިނަލަށް ދިއުމުން މިރޭގެ މެޗަށް ނިކުންނައިރު ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރަކަށް ވެފައިވާ ކަމަށެވެވެ.

"ކުޅުންތެރިންގެ ގޮތުން އެޓީމު ވަރުގަދަ، ކުޅުންތެރިޔަކު ބަދަލު ކޮށްލަން ޖެހުނަސް އަޅުގަނޑުމެން ޓީމަށް އެމައްސަލަވެސް ދިމާވާނީ" ހަލީމް ބުންޏެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯތްގައި ކުޅޭ ފައިނަލް މެޗް ފެށޭނީ މިރޭ 9:00 ގައެވެ.