މޯލްޑިވްސް ބޯޓިން އެވޯޑްސް

ބޯޓިން އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކަށް ވީއޭއެމްކޯ

Jul 21, 2016
  • ބޯޓިން އެވޯޑަށް މިމަހުގެ ނިޔަލަށްނަން ހުށަހެޅޭނެ
  • މި އެވޯޑު 25 ދާއިރާއަކުން ދޭނެ
  • އެވޯޑު ބާއްވަނީ ނޮވެމްބަރު މަހު

މޯލްޑިވްސް ބޯޓިން އެވޯޑުގެ އެސޯސިއޭޓް ސްޕޮންސަރަކަށް ޑޫސަން އިންޖީނު ރާއްޖޭގައި ވިއްކާ ވީއޭއެމްކޯ ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށްދޭ "މޯލްޑިވްސް ބޯޓިން އެވޯޑް 2016" އިވެންޓް އިންތިޒާމުކުރާ ޔުނިކާ އިން ބުނީ ގިނަ އަދަދެއްގެ ސަފާރީތަކުގައި ބޭނުންކުރާ ޑޫސަން އިންޖީނު އެވޯޑުގެ ވީއޭއެމްކޯގެ ޑޫސަން އިންޖީނު ހަމަޖައްސާފައިވާ ކަމަށެވެ.

ސަފާރީއަށް ދޭ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު މާލޭގަ އެވެ. ޔުނިކާގެ މެނޭޖިން ޑިރެކްޓަރު މޫސާ އަޒްމީލް ވިދާޅުވީ މި އެވޯޑު ކުލަގަދަކޮށް ބޭއްވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓިން އެވޯޑު އިންތިޒާމުކުރާ "ޔުނިކާ" އިން ބުނީ އެވޯޑު ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ބޯޓިން އެވޯޑަކީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރެވެ.