- ބޯޓިން އެވޯޑް ނޮވެމްބަރު މަހު
- 25 ކެޓަގަރީއަކުން އެވޯޑު ދޭނެ
- އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރު
މޯލްޑިވްސް ބޯޓިން އެވޯޑަށް ނޮމިނޭޝަން ނުވަތަ ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ "މޯލްޑިވްސް ބޯޓިން އެވޯޑު 2016" އިންތިޒާމުކުރާ "ޔުނިކާ" އިން ބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުން ގެންދާ މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.
މި އެވޯޑުގައި ވޯޓުލުމުގެ ފުރުސަތު ދެނީ އޮންލައިން ކޮށެވެ. މިގޮތުން ލިވަބޯޑްގެ ވެބްސައިޓުން ވޯޓު ދެވޭނެ އެވެ. އެވޯޑު ދިނުމުގައި 40 ޕަސެންޓް ބަލާނީ އޮންލައިން ވޯޓަށެވެ. އަދި ބާކީ އޮތް 60 ޕަސެންޓް ވޯޓު މާކްސް ލިބޭނީ މުބާރާތުގެ ޖަޖުންގެ ޕެނަލުގެ ވޯޓުންނެވެ
ބޯޓިން އެވޯޑުގައި ވަނަ ދޭނެ ގިންތިތައް
- - އެންމެ ފުރިހަމަ ސަފާރީ ބޯޓް ބަނދެފައިވާ ފަރާތް (ކުންފުނި)
- - އެންމެ ފުރިހަމަ ސަފާރީ ބޯޓް
- - އެންމެ ފުރިހަމަ ފައިބަރު އުޅަނދު (15-40 މީޓަރާއި ދެމެދު )
- - އެންމެ ފުރިހަމަ ފައިބަރު އުޅަނދު (5-24 މީޓަރާއި ދެމެދު )
- - އެންމެ ފުރިހަމަ ސެއިލިން ޔޮޓް (15-30 މީޓަރާއި ދެމެދު)
- - އެންމެ ފުރިހަމަ ބޯޓް ޑިޒައިން
- - އަހަރުގެ ސަފާރީ ބޯޓް އޮޕަރޭޓަރު (ރާއްޖޭގެ)
- - އަހަރުގެ ސަފާރީ ބޯޓް ބްރޭންޑް
- - އަހަރުގެ ޑައިވް ގައިޑް
- - އަަހަރުގެ ސާފް ގައިޑް
- - އަހަރުގެ މެރިން އިންޖީނު މަރާމާތު ކުރާ ފަރާތް
- - އަހަރުގެ ސަފާރީ ބޯޓް ކެޕްޓަން
- - އަހަރުގެ އެންމެ ފުރިހަމަ ބޯޓް ކްރޫއިން ތިބި ބޯޓް
- - އަހަރުގެ ބޯޓްޔާޑް
- - އެންމެ އެދެވޭ މެރިން އިންޖީނު މަރުކާ
- - އެންމެ އެދެވޭ ޖަނަރޭޓަރު މަރުކާ
- - އަހަރުގެ އެންމެ މޮޅު މެރިން އިންޖީނު މަރުކާ
- - އެންމެ އެދެވޭ ޑައިވް އިކްއިޕްމަންޓް މަރުކާ
- - އެންމެ އެދެވޭ ޑައިވް ކޮމްޕްރެސަރު މަރުކާ
- - އެންމެ އެދެވޭ މެރިން ދަވާދު މަރުކާ
- - އަހަރުގެ ބަންކަރިން އަދި ފިއުލް ސަޕްލަޔަރު
- - އަހަރުގެ އެންމެ ފުރިހަމަ ސާފް ސަފާރީ ބޯޓް
- - އަހަރުގެ އެންމެ ފުރިހަމަ ޑައިވް ސަފާރީ ބޯޓް
- - އަހަރުގެ އެންމެ ފުރިހަމަ ފިޝިން ސަފާރީ ބޯޓް
- - އަހަރުގެ އެންމެ އެދެވޭ އިންޝުއަރެންސް ޕާޓްނަރު
- - އަހަރުގެ ބޯޓް އިންޑަސްޓްރީ ސަހްސިއްޔަތު/ ބޯޓް ޕާސަނަލިޓީ
ބޯޓިން އެވޯޑު އިންތިޒާމުކުރާ "ޔުނިކާ" އިން ބުނީ އެވޯޑު ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ބޯޓިން އެވޯޑަކީ ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ދެނީ ކޮންމެ އަހަރަކު އެއް ފަހަރެވެ.