ރާއްޖެ ކުޅިވަރު

މާޒިޔާގެ ޔޫތު ޓީމުގެ ޕްރެކްޓިސް މިއަދު ފަށަނީ

Jul 21, 2016

މާޒިޔާގެ ޔޫތު ޓީމުގެ ޕްރެކްޓިސް މިއަދު ފަށަން ނިންމައިފި އެވެ.

މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) މިއަދު ވިދާޅުވީ އެކުލަބާ ގުޅެން ބޭނުންވާ ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެންމެ ފުރަތަމަ އޮންނާނީ ޓްރަޔަލްގައި ބައިވެރިވާ ކުޅުންތެރިން ޓެސްޓްކުރުން ކަމަށެވެ.

މި އަހަރު ފަހުކޮޅު ބާއްވާ މުބާރާތަށް މާޒިޔާ ތައްޔާރުވާއިރު އެ ޓީމު ވަނީ މީގެ ކުރިން އެއްފަހަރު މިމުބާރާތް ކާމިޔާބުކޮށްފަ އެވެ.

އެކާވީސް އަހަރުން ދަށުގެ މިމުބާރާތުގައި ބައިވެރިވާނީ ފުރަތަމަ ޑިވިޝަނުގެ އަށްޓީމުންނެވެ. ޔޫތު ޓީމުގެ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ވެސް ކުޅުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ދީފަ އެވެ.