ހަބަރު

ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހުން ކޯޓުން ދޫކޮށްލައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ. އެދެ މީހުން ދޫކޮށްލާފައިވާ އިރު އެންމެ ފަހުން އެދެ މީހުން ތިބީ ގޭބަންދުގަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ގޮތުގައި ރިލްވާން ގެއްލުވައިލި މައްސަލާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލާފައި ވަނީ މި މަހު 12 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ކަމަށެވެ.

ރިލްވާން ގެއްލުވައިލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތު ކުރެވުން އަޒްލީފް ރައުފްގެ ކޮއްކޮ އާލީފް ރައޫފް އާއި ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީން އެވެ. ރިލްވާން ގެއްލުނު ރޭ ގަދަކަމުން އޭނާ އެރުވި ކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑިއެންއޭވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފަ އެވެ.