ދުނިޔެ

ޗައިނާގައި ފެން ބޮޑުވެ 150 މަރު

Jul 24, 2016
1

ޗައިނާގެ އުތުރު އަދި މެދުތެރޭގެ އަވަށެއްގައި ކޯރެއް ފުރި ބަންޑުންވެގެން ފެން ބޮޑުވެ 150 އެއްހާ މީހުން މަރުވެއްޖެ އެވެ. މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާއިރު އެތައް ހާސް މީހުންނެއްވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފަ އެވެ.

ފެން ބޮޑުވެފައިވާ ހިނާން އަދި ހެބެއި ޕްރޮވިންސްގައިވަނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ އާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ހުބެއި ޕްރޮވިންސުން އެކަނިވެސް ވަނީ 114 މީހުން މަރުވެ 111 މީހުން ވަނީ ގެއްލިފަ އެވެ. އަދި 53،000 މީހުންގެ ގޯތި ގެދޮރު ވަނީ ހަލާކުވެފަ އެވެ.

ފެން ބޮޑުވެދާނެ ކަމުގެ އިންޒާރެއް ސަރުކާރުން ދީފައި ނުވާތީ ޒިންޓާއީ ސިޓީގެ ގިނަ ރައްޔިތުންތަކެއްވަނީ މަގުތައް މައްޗަށް ނުކުމެ މުޒާހަރާކޮށް މަގުތައް ބަންދުކޮށްފަ އެވެ. އެ ސަރަހައްދުތަކުގެ ބޮޑޫ ބަޔަކުންވަނީ ކަރަންޓުވެސް ކެނޑި ގާތްގަނޑަކަށްހެން ހުއްޓުމަކަށް އައިސްފަ އެވެ.

މިހާދިސާގެ އަސަރު އެތައް މިލިއަން މީހުންނަށް ކޮށްފައިވާއިރު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.