ދެކުނު ޗައިނާ ކަނޑު ހަމަނުޖެހުމެއްގެ ތެރެއަށް ދިއުމަށް އެމެރިކާއިން ދޫކޮށް ނުލާނެ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.
ފިލޕީންސްގެ ހާރިޖީ ވަޒީރު ޕާފެކްޓޯ ޔަސޭއާ ބައްދަލު ކުރައްވާ ކެރީ ވިދާޅުުވީ، އެމެރިކާ ބޭނުން ވަނި ފިލިޕީންސް އާއި ޗައިނާ ގުޅިގެން މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.
ސްވިޒަލޭންޑްގެ ދަހޭގް ގައި ހުންނަ އިންޓަނޭޝަނަލް އާބިޓްރޭޝަން ކޯޓުން މި މަހު ހުކުމް ކޮށްފައިވަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބޭސްތައް ހަދަފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންވެ ޗައިނާގެ އަސްކަރީ ބާރުތައް ޗައިނާގެ ސަރަހައްދަށް ފަހަތަށް ޖެއްސުމަށް އެކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ޗައިނާއިން ބުނީ ކޯޓްގެ ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ސުލްހަ ވެރިކަމާއެކު ނިންމުމަށް އެމެރިކާ ހުއްޓާނުލާ މަސައްކަތްކުރާނެ ކަމަށް ކެރީ ވިދާޅުވި އެވެ. ކެރީ ވިދާޅުވީ، ކޯޓްގެ ހުކުމާ އެއްގޮތަށް ސުލްހަވެރި ކަމާއެކު މައްސަލަ ހައްލުވެގެން ދިޔުމަކީ އެމެރިކާ އެދޭ ގޮތް ކަމަށެވެ.
ފިލިޕީންސްގެ އިތުރުން މެލޭޝިޔާ އާއި ބުރުނާއީ އާއި ތައިވާނުން ވެސް ވަނީ ޗައިނާއިން ފުޅާކޮށްފައިވާ ކަނޑުގެ ސަރަހައްދާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.