ދުނިޔެ

ކުރީގެެ 47 ނޫސްވެރިޔަކު ހައްޔަރު ކުރުމަށް ތުރުކީގައި އަމުރު ނެރެފި

Jul 28, 2016

މިމަހު 15 ވަނަ ދުވަހުގެ ރޭ ތުރުކީއަށް ގެންނަށް އުޅުނު "ބަގާވާތާ" ގުޅުން އޮތް ކަމަށް ބުނެ އިދިކޮޅު 'ޓްޑޭސް ޒަމާން' ނޫހުގައި ކުރިން މަސައްކަތް ކުރި 47 ނޫސްވެރިޔަކު ހައްޔަރު ކުރުމަށް އިސްތަބޫލްގެ ޕްރޮސިކިއުޓާ ޖެނަރަލް އަންގައިފިއެވެ.

'ޓްޑޭސް ޒަމާން' ނޫހަކީ އެމެރިކާގައި ދިރިއުޅޭ، ތުރުކީގެ ސަރުކާރާ އިދިކޮޅު ފަތުހުއްﷲ ގްލެންގެ ނޫހެކެވެ. ފަތުހުﷲ ގްލެންއަކީ ތުރުކީގެ ސަރުކާރު ވައްޓާލުމަށް އަސްކަރީ ބަގާވާތް ގެންނަން އުޅުނު ކަމުގެ ސަރުކާރުން ތުހުމަތު ކުރާ އެއްފަރާތެވެ.

ހައްޔަރުކުރަން އަމުރު ކުރި ކުރީގެ ނޫސްވެރިންގެ ތެރޭގައި "ޓްޑޭސް ޒަމާން"ގެ ކުރީގެ އެގްޒެކެޓިވް އެޑިޓަރާއި، ކުރިން އެނޫހުގެ ކޮލަމިސްޓްގެ ގޮތުގައި މަސައްކަތްކުރި މީހުން ހިމެނެއެވެ.

އެމީހުންގެ މައްޗަށް ކުރެވެނީ ތުރުކީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ތުރުކީން ވަނީ މާޗް މަހު ޓްޑޭސް ޒަމާން ނޫހުގެ މަސައްކަތްވެސް ވަގުތީ ގޮތުން ހުއްޓުވާފައެވެ.