ދުނިޔެ

ބަޣާވާތާ ގުޅިގެން ހައްޔަރު ކުރި ތުރުކީގެ 1000 ސިފައިން ދޫކޮށްލައިފި

މިމަހު 15 ވަނަ ދުވަހުގެ ރޭ ތުރުކީސަރުކާރު ވައްޓާލަން ކުރި ނާކާމިޔާބު ބަގާވާތާ ގުޅިގެން ހައްޔަރުކޮށްފައިތިބި 1000 އަށްވުރެ ގިނަ ސިފައިން ދޫކޮށްލައިފިއެވެ.

ދޫކޮށްލި މީހުންގެ ތެރޭގައި ބަޣާވާތްކުރަން އެންމެ އިސްސްކޮށް ހުރި ޖެނަރަލް އާކިން އޮޒްތުރަކްއާއި ޖެނަރަލް އެޑަމް ހުދޫތީވެސް ހިމެނެއެވެ. ދެން ހިމެނެނީ ލޭންޑް ފޯސް ކޮމާންޑްގެ 87 ޖެނަރަލުންނާއި 726 އޮފިސަރުންނާއި 256 ސާޖެންޓުންނެވެ. ވައިގެ ސިފައިންގެ ތެރެއިން ދޫކޮށްލީ 30 ޖެނަރަލުނާއި 314 އޮފިސަަރުންނާއި 117 އޮފިސަރުންނެވެ. ކަނޑުގެ ސިފައިންގެ ތެރެއިން 32 އެޑްމިރަލްސްއާއި 59 އޮފިސަރުން އަދި 63 ސާޖެންޓުންނެވެ.

ޖެނަރަލް އޮޒްތުރަކް އަކީ ކުރިން ތުރުކީގެ އެންމެ މަތީ އަސްކަރީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހުދޫތީއަކީ އަސްކަރިއްޔާގެ ދެވަނަ ކޮމާންޑަރެވެ. މި ދެމީހުންނަކީވެސް ތުރުކީއަށް ބަގާވާތް ގެންނަން އުޅުމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ފަތުހުﷲ ގްލެންއަށް ވާފަތެރި ދެމީހުންނެވެ.

ތުރުކީ ސަރުކާރުން ވަނީ އަސްކަރިއްޔާއިން ވަކިކުރި އިސްމަގާމު ތަކުގައިތިބި މަގާމުތަކަށް އާމީހުން ކަނޑައަޅާފައެވެ.