ދުނިޔެ

އިންޑިއާގެ ކަނޑުގެ ސިފައިން ވަރުގަދަ ކުރަން ބިލިއަން ޑޮލަރުގެ މަޝްރޫއެއް

Jul 28, 2016

ކަނޑުގެ ސިފައިންގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އަވަށްޓެރި އިންޑިއާއިން 1.1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އެމެރިކާއާ އެކު ސޮއިކޮށްފި އެވެ.

އެމެރިކާއާ އެކު އިންޑިއާއިން އެ އެއްބަސްވުމުގައި ސޮއި ކުރީ މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިފެންސްގެ އަންޑަ ސެކެޓްރީ ފްރޭންކް ކަންޑާލްއާއެކު ބޭއްވި މަޝްވަރާތަކުގަ އެވެ.

އިންޑިއާ އިން އެމެރިކާ އެއްބަސްވި އާ މަޝްރޫއުގައި ހިމެނެނީ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޯއިންގް ޕީ-81 ގެ ދުރު ރާސްތާ އަސްކަރީ ހަތަރު މަތިންދާ ބޯޓެއް ގަތުމަށެވެ.

އިންޑިއާއިން ވަނީ 2009 ވަނަ އަހަރުވެސް 2.2 ބިލިއަން ޑޮލަރުގެ ބޯއިންގް ޕީ-81 ގެ އަށް މަތިންދާބޯއްޓް ގަނެފަ އެވެ.

ބޯއިންގް ޕީ-81 އަކީ މިހާރު ދުނިޔޭގައި އުފައްދާ އެންމެ ވަރުގަދަ ޓެކްނޮލަޖީގެ މެރިން އެއާ ކްރާފްޓެވެ.

އާ އެއްބަސްވުމުގައި ކަނޑުއަޑީގެ ސަބްމެރިން އުޅޭ ސަރަހައްދު ދެނަގަތުމަށް ބޭނުންކުރާ އެންޓި ސަބްމެރިން ސިސްޓަމެއްވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އާ އެއްބަސްވުމުގެ ދަށުން އަސްކަރީ އުޅަނދުތައް ތިން އަހަރު ތެރޭ ފޯރުކޮށްދޭން އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ.