ވިޔަފާރި

ބޯޓިން އެވޯޑް ޕާޓްނަރަކަށް: އެލައިޑް، މެކްސްސައިން، ޗަމްޕާ ސެންޓްރަލް

Jul 31, 2016
  • 25 ކެޓަގަރީއަކުން އެވޯޑު ދޭ
  • ބޯޓިން އެވޯޑު އޮތީ ނޮވެމްބަރު މަހު
  • އިންތިޒާމު ކުރަނީ ޔުނިކާއިން

ބޯޓިން އެވޯޑްގެ ޕާޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސާއި މެކްސްސައިން އަދި ޗަމްޕާ ސެންޓްރަލް ހަމަޖައްސައިފި އެވެ.

"ޔުނިކާ"އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށް ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ބޯޓިން އެވޯޑް 2016" ގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ހަމަޖެއްސީ އެލައިޑް އިންޝުއަރެންސެވެ. އަދި ހޮޓެލް ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗަމްޕާ ސެންޓްރަލް އެވެ. އަދި ޕްރިންޓިން ޕާޓްނަރުގެ ގޮތުގައި ހަމަޖެއްސީ މެކްސްސަ އިން އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ބޯޓިން އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު އެވެ. ސަފާރީ އިންޑަސްޓްރީއަށްދޭ މި ޝަރަފުވެރި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. އަދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ޔުނިކާއިން ބުނެ އެވެ.