ދުނިޔެ

މުގާބޭގެ އިސްތިއުފާއަށް ގޮވާލި މީހަކު ޖަލަށް

Jul 31, 2016
1

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ އިސްތިއުފާއަށް ގޮވާލި، މީހަކު ޖަލަށް ލާން ޒިމްބާބްވޭގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޑަގްލަސް މަހިޔާއަކީ ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮފައިވާ މީހެކެވެ.

މަހިޔާއަކީ ވޯ ވެޓަރަން އެސޯސިއޭޝަންގެ ތަރުޖަމާން އެވެ. މިމަހު 21 ވަނަ ދުވަހު ބޭއްވުނު ހަރަކާތެއްގައި ވަހަކަ ދައްކަމުން މަހިޔާ ވަނީ މުގާބޭ އިސްތިއުފާ ދިނުމަށް ގޮވައިލާފަ އެވެ.

އެކަމާ ގުޅިގެން ވޯ ވެޓަރަންއާއި ވެރިކަން ހިންގާ ޒެޑްއެންޔޫ-ޕީއެފްއާ ދެމެދު ވަނީ ގުޅުން ކެޑިފަ އެވެ. ވޯ ވެޓަރަންއަކީ އެޕާޓީގެ ގްރާސް ރޫޓްގެ މައިބަދައެވެ.

ވެރިރަށް ހެރާރޭގެ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށްފަހު މަހިޔާގެ ވަކީލް ހޮރިސަން ނިކޮމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކޯޓްގައި ދިފާއުވުމުގެ ހައްގު އަހަންނަށް ނުލިބުމުން ކަންބޮޑުވަން އަހަންނަށް ހާޒިރުވުމުގެ ފުރުސަތު ނުލިބި އެހިންގި ޝަރީއަތުގެ މައްސަލައިގެ ދައުވާގެ ރިޕޯޓް ދޫކުރުމަށް ވާނީ އެދިފަ." ނިކޮމާ ވިދާޅުވި އެވެ.

މިހާރު ވަގުތީ ގޮތުން ހައްޔަރުން ދޫކޮށްފައިވަ މަހިޔާ މިއަދު އެމައްސަލައިގައި އަލުން ކޯޓަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ނިކޮމާ ބުންޏެވެ.

އުމުރުން 92 އަހަރުގެ މުގާބޭ ޒިމްބާބްވޭގައި ވެރިކަން ކުރަމުން އަންނަތަ މިހަރު ވަނީ 36 އަހަރު ވެފަ އެވެ.