ދުނިޔެ

ތޫފަން ނީޑާ ހޮންކޮންގް ހުއްޓުވަލުމަށްފަހު މިސްރާބު ޗައިނާއަށް

Aug 2, 2016

ހޮންކޮންގްގެ ސުކޫލްތަކާއި ވިޔާފަރިތަކާއި ދަތުރު ފަތުރު ހުއްޓުނު ނީޑާ ތޫފަންގެ ޗައިނާގެ ގްއަންގްޒޫ އަށް މިސްރާބު ޖަހައިފިއެވެ.

ގްއަންޒޫގައި މިހާރު ވަނީ ރެޑް އެލާޓް ނެރުމަށްފަހު އެންމެ މަތި ދަރަޖައިގެ އިންޒާރު ނެރެފައެވެ.

އެންމެ ފުރަތަމަ ފިލިޕީންސަށް އަސަރު ކުރި ނިޑާ ތޫފަނަކީ 1983 ވަނަ އހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ނުރައްކާތެރި ތޫފާނެވެ.

ހޮންކޮންގަށް ތޫފާންގެ ސަބަބުން އެތައް ހާސް ދަތުރުވެރިންކަށް އަސަރު ކުރިއިރު 150 ފުލައިޓް ކެންސލް ކުރިކަމަށް ސައުތު ޗައިނާ މޯނިންގް ޕޮސްޓުން ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި އްތެރޭގެ ދަތުރު ފަތުރު ނިޒާމު ވަނީ ކެންސަލްކޮށްފައެވެ. މިކަމުގެ ސަބަބުން އެތައް ހާސް މަސައްކަތްތެރިންނަކަށް ވަނި އަސަރުކޮށްފައެވެ.

"ގަދަ ވަޔާ ވިއްސާރައިގެ ސަބަބުން ގިނަ ހިސާބުތަކަށް އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ. އެހެންވެ ގިނަ ސަރަހައްދުތައް ފެން ބޮޑުވެދާނެ ކަމަށް އިންޒާރު ނެރުނީ. އުދަ އެރުމަށްޗުރެ ގާތީ ފެންބޮޑުވުމުގެ ސަބަބުން މީހުންނަށް އަސަރު ކުރުން" ހޮންކޮންގްގެ މޫސުމަ ބެހޭ އިދާރަގެ ސީނިއާ ސައިންޓިފިކް އޮފިސާރ ސެންޑީ ސަންގް މަންކޫން ވިދާޅުވިއެވެ.

ޗައިނާގެ ސަރަހައްދަށް ތޫފާން މިސްރާބު ޖަހައިފައިވާއިރު ޗައިނާގެ އޯޝަނިކްެ އިދާރާއިން ވަނީ އުދަ އަރާފަނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ނަގާ ރާޅު 11 މިޓަރަށް އުފިލިފައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިކަމުގެ ސަބަބުން ގްއަންގްޑުއާންގް ޕްރޮވިންސަށް އަސަރު ކުރާނަކަމަށް އޮޝަނިކް އިދާރާއިން ވަނީ ބވުނެފައެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްކުން ވަނީ ތިން ދުވަހަށް ވާވަރަށް ކާނާއާއި އެހެން ޗަސީލަތްތައް ރައްކާ ކުރުމަށާއި ރައްކާތެރި ހިސާބުތަކުގައި ތިބުމަށް ގްއަންޒޫގެ ރައްޔިތުންނަށް ގޮވާލާފައެވެ.