ރައްޔިތުންގެ މަޖިލިސް

ފަސް ވަޒީރަކަށް ރުހުންދޭން ކޮމެޓީން ނިންމައިފި

Aug 2, 2016

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުން އެމަނިކުފާނުގެ ކެބިނެޓަށް އެންމެ ފަހުން އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ފަސް ވަޒީރަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ނިންމައިިފި އެވެ.

އެއީ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމް އާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަ ކުރެއްވި އަހުމަދު މުނައްވަރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު އައިޝަތު ޒެނީޝާ ޝަހީދު ޒަކީ އާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ސަރުކާރުގެ މަސްއޫލިއްތު އަދާކުރާ މިންވަރު ބަލާ ކޮމެޓީީން އެގޮތަށް ނިންމާފައި ވަނީ އެ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

މީގެ ތެރޭގައި ހޯމް މިނިސްޓަރު ކަމަށް އިއްޔެ އައްޔަން ކުރެއްވި އަހުމަދު އަޒްލީން ހިމެނި ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ނަން އަދި މަޖިލީހަކަށް ނުފޮނުވަ އެވެ.