މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށްހިންގުން އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މާލެ އާއި ބައެއް އަތޮޅުތަކުން ބޭރަށްހިންގުން ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ކާބޯތަކެއްޗާއި ފެނުގެ ޒަރިއްޔާއިން އަންނަ މި ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުކަމެއްދޭން ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިކަން އެޗްޕީއޭއިން ސަމާލު ކަމަށް ގެނައި ނަމަވެސް ބޭރަށް ހިންގުމުގެ ރޯގާއާ ގުޅޭ ތަފާސްހިސާބެއް އާންމުކޮށްފައެއް ނުވެއެވެ.
އެގޮތުން ބޭރަށް ހިންގުން ޖެހި ހޮޑުލެވޭނަމަ ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއި ދިޔާތަކެތި ބޭނުންކުރުމުގައި ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫހާއި ފިޒީ ޑްރިންކްސް ބޭނުން ނުކުރަން އެދިފައި ވެއެވެ. އަދި ކެއުމުގައި އެތި އެތިކޮޅުން އަވަސް އަވަހަށް ކެއުމަށާއި ތެޔޮ، ކުޅި އަދި ހަވާދު ހިމެނޭ ކާއެއްޗެހި ބޭނުން ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ތުއްތު ކުދިންނަށް އަވަސް އަވަހަށް ގާތުން ދިނުމުގެ އިތުރުން ކުޑަކުއްޖަކުނަމަ އެއްކޮށް ބަލި ރަނގަޅުވަންދެން ސްކޫލަށް ނުފޮނުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭރަށް ހިންގުން ޖެހުމުން ރައްކާތެރިވުމަށް ފެން ކްލޮރިނޭޓްކޮށްގެން ބޭނުން ކުރުމަށާއި ވާރޭފެން ނެގުމުގައި ފުރާޅު ރަނގަޅަށް ސާފުކޮށްފައި ފެން ނެގުމަށް އެޗްޕީއޭ އިން އެދެ އެވެ.