ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގައި އުކާލާ ޕްލާސްޓިކުން އެޑިޑާސް އިން ހެދި ބޫޓެއް ރައީސަށް އަރުވައިފި

Aug 3, 2016
1

ރާއްޖޭގައި އުކާލާ ޕްލާސްޓިކާއި ރާއްޖޭގެ ފަރުތަކާއި، މޫދު ސާފުކޮށްގެން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން ދުނިޔޭގެ ނަން މަޝްހޫރު "އެޑިޑާސް" ކުންފުނިން ފަރުމާ ކޮށްފައިވާ ފުރަތަމަ ހޭންޑްމޭޑް 100 ބޫޓުގެ ތެރެއިން ބޫޓެއް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެދުމަށް އަރުވައިފިއެވެ.

މި ބޫޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމެއްގައި، ބަޔޯޑައިވާސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް (ބީމް) ގެ ފައުންޑިން މެންބަރު ޝާހީނާ އަލީ އާއި، ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ޕާލޭ" ގެ ފައުންޑިން މެންބަރު ސިރިލް ގުޝްސްއެވެ.

މިގޮތުން ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި މިހާތަނަށް އެޑިޑާސް ކުންފުންޏަށް ފޮނުވާފައިވާކަމަށް "ޕާލޭ" ގެ ފައުންޑިން މެންބަރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.

އަދި، ތިމާވެށި ހިމާޔަތްކުރުމުގެ މި ފަދަ މުހިންމު މަޝްރޫޢެއްގައި ރާއްޖެއިން ޢަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވިއެވެ.