އިންޑިއާގެ މުމްބާއީ އިން ގޯއާއަށް ދެމެދު އަޅާފައިވާ ބްރިޖެއް ބިންދައިގެން ގޮސްގެން ދެ މީހަކު މަރުވެ 20 މީހަކު މަރުވެ އެ އަދަދަށް މީހުން ގެއްލިއްޖެ އެވެ. މި ބްރިޖް ބިންދައިގެން ދިއުމުގެ ސަބަބުން އެވަގުތު ބްރިޖް މަތިން ދަތުރު ކުރަމުންދިޔަ ދެ ބަހެއްވެސް ވަނީ ކޯރުގެ ތެރެއަށް ވެއްޓިފަ އެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސް އެންޑް ސިވިލް ޑިފެންސް ރާކޭޝް ރަންޖަން ވިދާޅުވީ ކޯރުގެ ތެރެއަށް ވެއްޓުނު ދެ ބަހުގައި 22 މީހުން ތިބި ކަމަށެވެ. އެއީ 18 ފަސިންޖަރުންނާއި ދެ ބަސް ޑްރައިވަރުންނެވެ. މިހާތަނަށް ހޯދިފައިވަނީ އެންމެ ދެ މީހުންގެ ހަށިގަނޑެވެ.
މީހުން ހޯދުމުގައި ހަރަކާތްތެރިވާ ރެސްކިއު ފޯސްތަކުންދަނީ ނެވީ ހެލިކޮޕްޓަރުތކަާއި ބޯޓުތައް އަދި ޑައިވަރުން ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މަހާރަސްތްރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެވަންދްރާ ފަދްނާވީސް ވިދާޅުވީ ބްރިޖް ބިންދައިގެން ދިޔަ ކަމަށް ބެލެވެނީ އިންޑިއާއަށް މިހާރު ކުރަމުންދ ވިއްސާރައިގައި ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން ކޯރުގެ ޕްރެޝަރު ބޮޑުވެގެން ކަމަށެވެ.
އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 163 މީހުން މަރުވެފައިވާއިރު 7.78 މިލިއަން މީހުންނަށް އަސަރުކޮށްފައިވެ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ވެސް އިންޑިއާގައި ބްރިޖެއް ބިންދައިގެން ގޮސް 32 މީހުން މަރުވެ 132 މީހުން މަރުވެފައިވެ އެވެ.