ޕްރޮމޯޝަން

އޭސް ހާޑްވެއާގެ "އެންމެ ސަޅި ރޯދަ ސޭލް"ގެ ނަސީބުވެރިޔާ ހޮވައިފި

ރޯދަ މަހާ ގުޅިގެން އޭސް ހާޑްވެއާގެ ކަލަ ބޭންކުން ކުރިޔަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ސޭލް" ގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

އެގޮތުން އޭސް ހާޑްވެއާގެ "އެންމެ ސަޅި ރޯދަ ސޭލް" އިން 300،000 ރުފިޔާ އިނާމް ލިބޭ ފަރާތަކަށް ހޮވުނީ ވަލީދާ މުހައްމަދު ކަމަށް އޭސް ހާޑްވެއާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުންވެސް އޭސް ހާޑްވެއާއިން ވަނީ ރޯދަ މަހަށް ހާއްސަ ތަކެއްޗާއި އެހެނިހެން ވައްތަރުތަކުގެ މުދަލުން 80 ޕަސަންޓާ ހަމަޔަށް ޑިސްކައުންޓް ދިނެވެ. އަދި ޕްރޮމޯޝަންގެ ދަށުން ބައެއް ޕްރޮޑަކްޓުތައް ހިލޭ ދޫކުރި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދެހާސް ބާރަވަނަ އަހަރު ރާއްޖޭގައި ފެށި އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޗިކާގޯ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް އިން ގުޅިގެން ހިނގާ ކުންފުންޏެކެވެ.