ވިޔަފާރި

ބީއެޗްއެމްއިން "އައުލް ކޮފީ" ރާއްޖެއަށް ތައާރަފްކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިންގަޕޫރުގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑް ކަމަށްވާ "އައުލްގެ ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް" ކޮފީގެ ސެލްކްޝަން މުޅިން އާ ތާޒާ ރަހައަކާއެކު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އައުލް ބްރޭންޑް ރާއްޖެއަށް ހަމައެކަނި އެތެރެކުރާ އަދި ޑިސްޓްރިބިއުޓްކުރާ ކުންފުނި ކަމަށްވާ ބީއެޗްއެމް ޓްރާޑާސްއިން އައުލް ކޮޕީތިއަމް ރޯސްޓް އެންޑް ގްރައުންޑް ކޮފީ އާންމުކޮށް ދައްކާލާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ހިލޭ ކޮފީގެ ރަހަ ދައްކާލަން ބޭއްވި އިވެންޓެއްގަ އެވެ. މި އިވެންޓްގައި އާންމުންނަށް ހިލޭ ކޮފީ ބަހަމުން ދިޔައި އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮފީ ގާޑިއާއަކުންނެވެ.

މީގެ އިތުރުން އައުލްގެ ބައިނަލްއަގްވާމީ އުފެއްދުންތަކުގެ ތެރޭގައި އޭޝިއާއަށް ހާއްސަކޮށްފައިވާ އުފެއްދުންތަކުގައި ބޭނުންކޮށްފައިވަނީ ފްރީޒްކޮށް ހިއްކާ، ސްޕްރޭއިން ހިއްކާފައި ހުންނަ ކޮފީގެ ބަދަލުގައި ތާޒާކަމާއެކީ ގްރައުންޑް ކޮށްފައިވާ ކޮފީ ބޭނުންކޮށްގެންނެވެ. މި ކޮފީގައި ގްރައުންޑް ކޮށްފައިވާ އަރަބިކާ އަދި ރޮބަސްޓާ ކޮފީ ބިންސްތައް ހުންނަނީ އެންމެ އިހު ޒަމާނުގައި ވެސް ކޮފީ ކެރަމަލައިޒްކުރާ ގޮތަށް ޗާކޮއިލް ބޭނުންކޮށްގެން ހަކުރާއެކު ރޯސްޓްކޮށްފަ އެވެ. ފަސޭހަކަމާއެކު ތައްޔާރުކުރެވޭ ގޮތަށް މި ކޮފީ ބަންދުކޮށްފައި ހުންނަނީ ހާއްސަ ފިލްޓާ ބޭގްސްގަ އެވެ. މި ފިލްޓާ ބޭގްސްގައި އެ ކޮފީއެއްގެ ރަހައަކާ ގުޅޭ ގޮތުން ވަކި މިނަކަށް ކްރީމް އަދި ހަކުރު ވެސް ގްރައުންޑް ކޮފީއާއެކު މިކްސްކޮށްފައި ހުރެ އެވެ.

އައުލް ކޮޕީތިއަމް ކޮފީ ތައްޓެއް ތައްޔާރުކުރުމަށް އަމަލުކުރަން ޖެހޭ ގޮތަކީ އެންމެ އިހު ޒަމާނުގައި ވެސް އޭޝިއާގައި ކޮފީ ތައްޔާރުކުރުމަށް ބޭނުންކުރާ "ފޮތި ފުރޭނި" ފިލްޓާ ބޭނުންކޮށްގެން ތައްޔާރުކުރާ ކުރުން އަސްލަކަށް ބަަލައި ކޮފީ ފިލްޓާ ކުޑަ ބޭގެއް ބޭނުންކޮށްގެންނެވެ. މިގޮތަށް ފިލްޓާ ބޭގެއް ބޭނުންކުރުމުގެ ސަބަބުން ކެރަމަލައިޒްކޮށްފައި ހުންނަ ކޮފީ ބީންސްގެ ރަހަ އެންމެ ފުރިހަމަ ގޮތުގައި އެރޯމާއާއެކު ކޮފީ ތަށީގައި ލަ އެވެ.

މިއަދު ތައާރަފްކުރި އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީގެ ސެލްކްޝަންގައި ހިމެނެނީ:

  • "ކޮޕީ" - ކްރީމާއި ހަކުރާއެކު
  • "ކޮޕީ-އޯ ގައޯ" - ކަޅު ކޮފީ ހަކުރާއެކު
  • "ކޮޕީ ސިއުޑައި" - ކްރީމާއެކު ހަކުރު މަދުން އަޅާފައި

އައުލް ކޮޕީތިއަމް ރޯސްޓް ހުންނަނީ ފަސޭހަކަމާއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރުކުރެވޭ ގޮތަށް ފިލްޓާ ބޭގްސްގައި ޕެކޭޖުކޮށްފަ އެވެ. ތައްޔާރުކުރުމަށް ފެން ތައްޓަކަށް ފިލްޓާ ބޭގް ލުމަށްފަހު ތިން މިނެޓް ބެހެއްޓުމަށްފަހު ކުޑަކޮށް ގިރާލުމުން ކޮފީ ތަށި ތައްޔާރުވީ އެވެ.

އަލަށް ތައާރަފްކުރި ކޮފީއާއެކު ބީއެޗްއެމް ޓްރޭޑާސްއިން ވަނީ "ކެޗް ދަ އައުލް އެންޑް ވިން ފްރީ ގުޑީސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި މުބާރާތެއް ވެސް ފަށާފަ އެވެ. މި ހަރަކާތް މެދުވެރިކޮށް ކޮފީ އިވެންޓަށް ދާ ފަރާތްތަކުން އެތަނުގައި ނަގާ ފޮޓޯ ފޭސްބުކް ނުވަތަ ޓްވިޓާގައި OWLCoffeeMV# ހޭޝްޓެގްއާއެކު ޕޯސްޓްކޮށްގެން އައުލް ބްރޭންޑްގެ އިނާމެއް ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ރާއްޖޭގައި އައުލް ކޮފީ ޕްރޮޑަކްސްގެ އެކްސްކުލޫސިވް ޑިސްޓްރިބުއުޓާގެ ހައިސިއްޔަތުން އަޅުގަނޑުމެން ވަރަށް އުފާކޮށް ފަހުރުވެރިވަން ފިލްޓާ ބޭގްއަކުން ފަސޭހަކަމާއެކު ކޮފީ ތައްޔާރުކޮށްލެވޭ ޕްރޮޑަކްޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޮންޒިއުމާސްއަށް ތައާރަފްކުރެވުނީތީ، އަދި ހުރިހާ ބޭފުޅުން ވެސް ބާރުއަޅަން ހުރިހާ ފްލޭވާސްތައް ރަހަބަލާން އަދި މި ތަފާތު ކޮޕީތިއަމް ކޮފީ ތަޖުރިބާކޮށްލަން،" ބީއެޗްއެމްގެ މާކެޓިން މެނޭޖާ އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

އައުލް ކޮޕީތިއަމް ރޯސްޓް އަދި ގްރައުންޑް ކޮފީގެ އެކި ރަހަތައް ކަމަށްވާ ކޮޕީ އަދި ކޮޕީ ސިއުޑާގެ ކާޓަންއެއް 1080ރ. އަށް ހޯލްސޭލް ކުރާއިރު ކޮޕީއޯގެ ކާޓަންއެއް 1180ރ. އަށް މިހާރު ބީއެޗްއެމްއިން ހޯލްސޭލްކޮށް ލިބޭނެ އެވެ.

މި ކޮފީ ފިނިކޮށް އަދި ހޫނުކޮށް ހިލޭ ބޯލުމުގެ ފުރުސަތު މި ތަންތަނުގައި މި ދުވަސްތަކުގައި ލިބޭނެ:

  • 6 އޯގަސްޓް: ސުނާމީ ބިނާ ކައިރީ ބޮޑުތަކުރުފާނު މަގުގައި ހަވީރު 4:00 ން 6:00 ށް
  • 12 އޯގަސްޓް: ވިލިމާލޭގައި ވިލިމާލެ ޓާމިނަލް ކައިރީގައި ހަވީރު 4:00 ން 6:00 ށް
  • 13 އޯގަސްޓް: މާލެ ބޮޑުތަކުރުފާނު މަގުގައި ވިލާ ކޮލެޖް ކައިރީގައި ރޭގަނޑު 8:00 ން 10:00 ށް