މޯބައިލް ފޯނަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ޗައިނާއިން ޖައްވަށް ސެޓް ލައިޓެއް ފޮނުވާލައިފި އެވެ.
ރޭ ދަންވަރު ޗައިނާއިން ޖައްވަށް ފޮނުވާލި ސެޓްލައިޓަކީ ޗައިނާގެ މުއާސަލަތީ ކުންފުނި ޗައިނާ ޓެލެކޮމް އިން އޮޕަރޭޓް ކުރާ ސެޓްލައިޓެކެވެ
ދަ ޓިއާންޓޮންގް ސެޓްލައިޓް ޖައްވުގެ އޯބިޓާ ހަމަޔަށް އުފުލައިދިނީ ލޯންގް މާޗް ތްރީ ބީ ކެރިއާ ރޮކެޓެއްގަ އެވެ. ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޓިއާންޓޮންގް އަކީ ވައިނާގެ ޖައްވީ މައުލޫމާތުގެ އެންމެ ބިޔަ މަސައްކަތް ކަމަށެވެ. އެ ސެޓްލައިޓް ފަރުމާކޯށް އުފައްދަފައިވަނީ ޗައިނާ އެކެޑެމީ އޮފް ސްޕޭސް ޓެކްނޮލަޖީއިންނެވެ.
އެ ސެޓްލައިޓްގެ އެހީގައި ޗައިނާ ޓެލްކޮމްއިން ބިނާ ކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށް މެދުއިރުމައްޗާއި އެފްރިކާ އާއި އެހެނިހެން ސަރަހައްދުތަކަށް ވެސް މޯބައިލް ފޯންގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވަނީ އަންނަ ހުކުރު ދުވަހު ތިން ދުވަހުގެ ދަތުރު ފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.